ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
13 Aug 2024
ޚަބަރު
މާލޭގައި ފެންބޮޑުވުން ހައްލުވާނީ މަގުތައް ހެދިގެން: ރައީސުލްޖުމްހޫރިއްޔާ
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއުގެ ބޭނުމަކީ ވެސް، މަގުތަކުގައި ފެން ބޮޑުވުން ހައްލު ކުރުމެވެ. އަދި މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މާލޭގެ އިތުރުން ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ، މި އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.
12 Aug 2024
ޚަބަރު
ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާ ކޮމެޓީ އިފްތިތާހުކުރައްވައިފި
ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ހާއްސަ ކޮމެޓީއެއް އުފައްދަވައިފިއެވެ.
11 Aug 2024
ޚަބަރު
އިންޑިއާކީ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ވެދޭ ޤައުމުކަމުގައި ރައީސް ވިދާޅުވެއްޖެ
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުތަކަކީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
06 Aug 2024
ޚަބަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދައުރު ފުރިހަމަ ނުކުރެއްވިދާނެ ކަމަށް އުމަރު ވިދާޅުވެއްޖެ
އުމަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެ ވެރިކަން ވެއްޓިގެން ދިޔުމުގެ ސަބަބަކަށް ވެގެންދާނީ އެމަނިކުފާނު އެކި ކަންކަމުގައި ހައްދަވާފައިވާ އިތުރުފުޅުތަކެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގައި ޢަމަލު ކުރެއްވި ގޮތާއި، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތާއި، ރާއްޖޭގެ މާލީ ހާލަތާއި އިޤުތިޞާދަށް އަންނަމުންދާ ހީނަރުކަން އުމަރު ފާހަގަކުރެއްވިއެވެ.
30 Jul 2024
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤުގެ ބަޔޮގްރަފީ ފޮތް ރައީސަށް އަރުވައިފި
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިފޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުންކުރެއްވީ، ފުވާދު ތައުފީޤެވެ.
27 Jul 2024
ޚަބަރު
ރަސްމާލެ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް އަލުން ކުރިޔަށް ގެންދަނީ އެއްވެސް ބަޔަކަށް ހިލޭ ބިން ނުދީ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރަސްމާލެ މަޝްރޫއު، ކ. ފުށި ދިއްގަރުފަޅުގައި ހިންގުމަށް ނިންމައި އެފަޅު ހިއްކުމުގެ މަސައްކަތް، ޑިސެމްބަރު 18، 2023 ގައި ސަރުކާރުން ފެށީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ހުޅުމާލެއިން 10 ހެކްޓަރާއި، ފުށި ދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ދިނުމަށް އޭރު ސަރުކާރުން ނިންމިއެވެ.
26 Jul 2024
ޚަބަރު
ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދައުލަަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި، ކުރީގެ ސަރުކާރު ތަކުން ދޫކޮށްލާފައިވާ ކަމުގައި ވިދާޅުވެފައެވެ.
25 Jul 2024
ޚަބަރު
މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރައްވައިފި
ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި "މާލެ ފައި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.
25 Jul 2024
ޚަބަރު
ޖޮބް ސެންޓަރުގެ ނަން ނޭޝަނަލް ކެރިއަރ ސާވިސްއަށް ބަދަލުކޮށްފި
"ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ ބުދަ ދުވަހު އެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމަށް މިއަދު ވަނީ މަޖިލީހުގެ ވޯޓަކުން ނިންމާފައެވެ. އަދި އޭގެ ވަގުތުކޮޅެއް ފަހުން، އޭނާ މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އަޙުމަދު މުނައްވަރުގެ ނަމެވެ. އޭނާ ވަނީ އޭގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވާފައެވެ.
22 Jul 2024
ޚަބަރު
ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަންފީޒީ ނިޒާމު ހަރުދަނާކުރުމަށް، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާދޭ ފަރާތުން އެ ފަރާތްތަކާމެދު އިހުމާލުވާނަމަ އެ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
21 Jul 2024
ޚަބަރު
އެތުލީޓުން ކުރިއެރުވުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރާނީ މި ސަރުކާރުން: ރައީސް
ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
20 Jul 2024
ޚަބަރު
ފަލަސްޠީނުގެ ބިންތަކާގުޅޭ ގޮތުން އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ
އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
20 Jul 2024
ޚަބަރު
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެއަށް ކުރިމަތިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ނިމިދިޔަ ސަރުކާރު ފަދައިން މި ސަރުކާރުން ވެސް ވެފައިވާ ބޮޑު ވައުދެކެވެ. އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ވަނީ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވާފައެވެ.
19 Jul 2024
ޚަބަރު
މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކަށް ބޮޑު މުސާރައެއް ދިނުމަށް 200 މިލިއަން ރުފިޔާ ބަޖެޓުކުރަނީ
މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
17 Jul 2024
ޚަބަރު
ކީރިތި ޤުރުއާން ކުރިއެރުވުމަށް ރައީސްގެ ގިނަ ތަޞައްވުރު ތަކެއް
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށާ، ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވިއެވެ.