ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
14 Jul 2024
ޚަބަރު
ރައީސް އާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
14 Jul 2024
ޚަބަރު
އެމެރިކާގެ ކުރީގެ ރައީސަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް މިއަދު ދިން ބަޑީގެ ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
10 Jul 2024
ޚަބަރު
ޗައިނާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
08 Jul 2024
ޚަބަރު
އެންމެ މުހިއްމު ދައުރެއް އަދާކުރަނީ، ލިޔުންތެރިން - ރައީސް
08 Jul 2024
ޚަބަރު
ޚަރަދު ކުޑަ ކުރުމުގެ ގޮތުން މަޖިލީހާއި ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަނީ
ދައުލަތުގެ ޚަރަދު ބޮޑުވެގެން ދިއުމާއި ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި، ރަށު ކައުންސިލް މެމްބަރުންނާއި އަދި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އިތުރުން އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Jul 2024
ޚަބަރު
އިނގިރޭސި ވިލާތުގެ އައު ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބުގައި ލޭބާ ޕާޓީން ހޯދި ކާމިޔާބު ފާހަގަކުރައްވައި. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިނގިރޭސި ވިލާތުގެ އައު ބޮޑު ވަޒީރު ކެއާ ސްޓާމާއަށް ތަޙްނިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބޮޑުވަޒީރު ކެއާ ސްޓާމާގެ ބޮޑުވަޒީރުކަމުގެ މިފެށޭ ދައުރުގައި އިނގިރޭސި ވިލާތަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބިގެން ދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
03 Jul 2024
ޚަބަރު
އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މީގެ އިތުރުން ރައީސް ވިދާޅުވީ، އޭލެވެލްއަށް ކިޔެވުމަށް އޮތް ފުރުޞަތުތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ފުޅާކުރައްވައި، ރަނގަޅު ޓީޗަރުން ބިނާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގެދޮރުގެ ފުރުޞަތު އިރާދަ ކުރެއްވިއްޔާ ތިޔަ ހުރިހާ ކުދިންނާއި ބެލެނިވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
27 Jun 2024
ޚަބަރު
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައްވެސް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށްވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
16 Jun 2024
ޚަބަރު
ރައީސް މުއިއްޒަށް އުފަން ދުވަހުގެ ތަޙްނިޔާ ވިދާޅުވެ ޗައިނާގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފި
ޗައިނާގެ ރައީސްގެ މި ސިޓީފުޅުގައި ޗައިނާގެ ރައީސްވަނީ ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރައްވާފައިވެއެވެ.
12 Jun 2024
ޚަބަރު
މިއަދަކީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައި ދިވެހިން ތިބިކަން ހާމަކޮށްދޭންވީ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 Jun 2024
ޚަބަރު
ރައީސުލްުޖުމްހޫރިއްޔާގެ ދެކަނބަލުން ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައިފި
05 Jun 2024
ޚަބަރު
އިންޑިއާގެ އާއްމު އިންތިޚާބުގައި ބީޖޭޕީން ހޯދި ކާމިޔާބަށް ރައީސާއި ނައިބު ރައީސް މަރްހަބާ ވިދާޅުވެއްޖެ
02 Jun 2024
ޚަބަރު
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްޠީނަށް ދީ އެޖަމިއްޔާގައި ފަލަސްޠީނުގެ ދައުރު ފުޅާކުރުމަށް ދިން ފުރުޞަތަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
އެމަނިކުފާނު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ދެއްވި ފުރުޞަތަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށާއި، އެ ޙައްޤު ފަލަސްޠީނަށް ހޯަދައިދިނުމަށް ރާއްޖެއިންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
30 May 2024
ޚަބަރު
ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދެވޭނެ އިތުރު ގޮތްތަކެއް ހޯދަނީ!
29 May 2024
ޚަބަރު
ތިމާވެށީގެ ދާއިރާއިން ލިބޭ އެހީތައް މަދުުކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފާއިިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، ކޮޕްސަމިޓާއި، ޕެރިސް އެގްރީމެންޓާއި، ކްލައިމެޓް އެޖެންޑާގައިވެސް، މޫސުމީ ބަދަލުގެ ސަބަބުން ގެއްލުންތައް ލިބެމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް ބޮޑެތި ވަޢުދުތައް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ އެހީތަކުން ފާއިތުވި އަހަރުތަކުގައި ލިބިފައި ވަނީ ކުޑަ މިންވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
28 May 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އުއްމީދަކީ، މިފަހަރުގެ މަޖިލީހަކީ އެންމެ ޒިންމާދާރު މަޖިލީހަށް ވުން!
އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާއި ގުޅިގެން މެމްބަރުންނަށް މަރުޙަބާ ދަންނަވައި ފޮނުއްވެވި މެސެޖުގައެވެ.