Advertisement

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު، ކެއާ ސްޓާމާ --

05 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އިނގިރޭސި ވިލާތުގެ އައު ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

އިނގިރޭސި ވިލާޓުގެ އައު ބޮޑު ވަޒީރު، އަދި ލޭބަރ ޕާޓީގެ ލީޑަރު، ކެއާ ސްޓާމާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބުގައި ލޭބާ ޕާޓީން ހޯދި ކާމިޔާބު ފާހަގަކުރައްވައި. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިނގިރޭސި ވިލާތުގެ އައު ބޮޑު ވަޒީރު ކެއާ ސްޓާމާއަށް ތަޙްނިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބޮޑުވަޒީރު ކެއާ ސްޓާމާގެ ބޮޑުވަޒީރުކަމުގެ މިފެށޭ ދައުރުގައި އިނގިރޭސި ވިލާތަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބިގެން ދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ބުރާސްފަތި ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ސްޓާމާގެ ލޭބާޕާޓިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެގައި ހިމެނޭ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑި އެޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. ހައުސް އޮފް ކޮމަންސްއަށް 650 މެމްބަރުން އިންތިޚާބުކުރާއިރު، ލޭބާ ޕާޓީގެ 404 ކެންޑިޑޭޓުން ވަނީ އެބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

އެހެން ނަމަވެސް ލޭބަރ ޕާޓިގެ މެމްބަރު އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު، ލިޒް ޓްރަސްއަށް ވަނީ ގޮނޑި ގެއްލި އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

މިހާރު އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ރިޝީ ސުނަކްގެ ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ، 113 ގޮނޑިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.