Advertisement

ރައީސުލްޖުމްހޫރިއްޔާ ސީއެޗްއެސްސީގެ ދަރިވަރުންނާއި އެކުގައި -- ފޮޓޯ: ރައީސް އޮފީސް

03 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކުރިއަށް އޮތް ދުވަސްތަކުގައި، ތިޔަ ކުދިންނަށް އަދި އޭލެވެލްއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް ގިނަ ފުރުޞަތުތައް އިތުރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާ ގުޅިގެން ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައިވެސް މިއަހަރާއި މިއަންނަ އަހަރު އޭލެވެލްއަށް ކިޔަވާ ކުދިންނަށް ފުރުޞަތުތައް ފުޅާކޮށްދެއްވާނެ ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރަތް ކުރައްވާފައިވަނީ، މާލޭގައި އަލުން ސަރުކާރުން އޭލެވެލްއަށް ކިޔަވައިދޭ ސްކޫލެއް ހިންގުމަށް ނިންމަވައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އެކަމާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އޭލެވެލްއަށް ކިޔެވުމަށް އޮތް ފުރުޞަތުތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ފުޅާކުރައްވައި، ރަނގަޅު ޓީޗަރުން ބިނާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގެދޮރުގެ ފުރުޞަތު އިރާދަ ކުރެއްވިއްޔާ ތިޔަ ހުރިހާ ކުދިންނާއި ބެލެނިވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އާމްދަނީގެ ފުރުޞަތުތައް، ތިޔަ ކުދިން ކިޔަވައި ނިމި، ރާއްޖޭގައި، ނޫނީ ރާއްޖެއިން ބޭރުގައި ޔުނިވަރސިޓީ ތަޢުލީމް ހާސިލުކޮށްގެން އައިސް ވަޒީފާއަށް ނުކުންނަން ވާއިރަށް، އާމްދަނީ ފުރުޞަތުތައް ހުޅުވައިލުމުގެ މަސައްކަތް މި ދަނީ ކުރަމުން. ދިވެހިންނަށް ޚާއްޞަ އެތައް ދާއިރާތަކެއް މިހާރުވެސް އެވަނީ ކަނޑައަޅައި، އެ މަސައްކަތް ފެށިފައި."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ހުޅުވައިލެވޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކުދިން ތައްޔާރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަމިއްލަ ނަފުސު ދެކެ އިތުބާރުކޮށް، ގަދައަޅައި މަސައްކަތްކޮށް، ކެތްތެރިކަމާ އެކީގައި، ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކުރީގެ ސައިންސް އެޑިޔުކޭޝަން ސެންޓަރު އަދި މިހާރުގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އަކީ، ރާއްޖޭގައި އެންމެ ފުރަތަމަ އޭލެވެލްއަށް ކިޔަވައިދޭންފެށި ސްކޫލެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މަތީޘާނަވީއަށް ކިޔަވައި ވިދާޅުވެ އޭލެވެލް އިމްތިހާނު ހެއްދެވީ އެސްކޫލުގެ ދަރުވަރެއްގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.