Advertisement

26 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިންތިހާބު ފަސްކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބު މި އަހަރުގެ ރޯދަމަހާ ދިމާވާތީ، ރޯދަމަހަށްފަހު އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ތަސްދީގުކުރުމަށް ފޮނުވި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައިފިއެވެ. މި ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލި ސަބަބެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވަނީ، އިންތިހާބު ފަސްކޮށްފިނަމަ އިންތިހާބުގެ މިންވަންކަމާ އިންސާފުވެރިކަމަށް ހުރަސްއެޅިދާނެތީ ކަމަށެވެ.

"މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތަޢާރުޒުވާ ކަންކަމާއި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ،" 

ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ސަބަބު ހާމަ ކުރަމުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރުމަށް މި ފޮނުވި ބިލުގައި ވާގޮތުން، ރޯދަމަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ތަރީހެއް އަތުވެއްޖެ ހިންދެއްގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސްފަހުންނެވެ. ރައްޔިތުންގެ މަޖިލީހުން ފެބުރުވަރީ 11 ވަނަ ދުވަހު މި ބިލު ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރުމަށް ފޮނުވާފައިވަނީ ފެބުރުވަރީ 12 ވަނަ ދުވަހުއެވެ.

މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލެއްވިއިރު، މިއީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް މި ބިލު ފޮނުވިތާ 14 ވަނަ ދުވަހެވެ. ގާނޫނު އަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުވާ ބިލުތަކަށް 15 ދުވަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހިވަޑައިގަންނަވައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބިލެއް ފާސްނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލާ ހާލަތްތަކުގައި، އަލުން އަނބުރާ އެ ބިލެއް އެއްވެސް ބަދަލެއް ނުގެނަސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ

އެހެންކަމުން، ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްވުމަކީ އަދިވެސް އެކަށީގެންވާ ކަމެކެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގައެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20 ވަނަ ދުވަހުގެ ފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.