Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

09 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައި އޮތް ޅ. ޅޮއްސަލަފުށި އަތުލައްވައި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

ޅ. ކުރެންދޫ އާއި ގާތުގައި އޮތް ފަޅުރަށް، ޅޮއްސަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫެރިއްޔާ ވިދާޅުވީ، އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ވެސް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަންކޮށް، ރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާއި ރަށުގެ މުސްތަޤުބަލަށްޓަކައި، އެރަށަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

ޅޮއްސަލަފުއްޓަކީ، ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށްޓަކައި އެރަށް ދޫކޮށްފައިވާ ފަރާތުން އެރަށް ވަކިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޅ. ޅޮއްސަލަފުއްޓަކީ، 7 ސެޕްޓެންބަރު 2010ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ނިންމަވައިގެން، ދިހަހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ލަގްޒަރީވިލާ އަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސި ރަށެކެވެ. އެރަށް ދިނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އެޅި އިންޑިއާގެ ޓާޓާ ކުންފުންޏަށެވެ.

އިންޑިއާގެ ޓާޓާކުންފުންޏަށް ދީފައިވާ އެރަށް ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އަތުލާފައި ވަނިކޮށް، އޯޑިއޯން ހުރި ބިމާއި، ނާދީ ހުރިބިން އަދި ޅޮއްސަލަފުށި އަލުން ޓާޓާކުންފުންޏާއި ހަވާލުކުރީ، 15 ޖެނުއަރީ 2022 ގައި އެމްޑީޕީގެ ސަރުކާރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.