ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
23 Dec 2023
ޚަބަރު
ފުރަތަމަ ނޫހަށް މޮޅެއް، ސަރުކާރަށް ބޮޅެއް، ފުރަތަމަ ނޫހުގެ ވެބްސައިޓް އަންބްލޮކްކޮށްފި
ސަރުކާރުން އަންގައިގެން ރާއްޖޭގެ، ސަރވިސް ޕްރޮވައިޑާ މެދުވެރިކޮށް ސަރުކާރަށް ފާޑުކިޔާ ބައެއް އޮންލައިން ނޫސްތައް ބަންދުކުރުުމަށްފަހު އޭގެ ހުއްޖަތެއްކަމުގައި ދެއްކީ ރެޖިސްޓްރީ ނުކޮށް ނޫސްތައް ހިންގަމުން ދިޔުމެވެ. އަދި އެކަމުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.
23 Dec 2023
ރިޕޯޓް
ފާޑުކިޔުންތައް ސަރުކާރަށް ހަޖަމެއް ނުވި، ފާޑުކިޔާ އޮންލައިން ވެބްސައިޓްތައް ބަންދުކުރަން ފަށައިފި
އިތުބާރުހުރިގޮތެއްގައި އެނގިފައިވާ ގޮތުގައި އޮންލައިން ނޫސްތައް ބްލޮކްކޮށްފައި ވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ އިސްމަޤާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއްގެ ނިންމެވުމަށެވެ. އޭގެ ނަތީޖާއަކަށްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރު ބަދުނާމުވެ ފިއްތުންތަކާއި ކުރިމަތިލާންޖެހުމެވެ. އަދި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން އައި އެނޫސް ވެބްސައިޓްތައް ކުރިން ނޭނގޭ އެތައްހާސް ބަޔަކަށް އެނގި އެނޫސްތަކުން ފަތުރާ ވާހަކަތައް ފޯރާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމެވެ.
22 Dec 2023
ޚަބަރު
ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެއްގެ ވެބްސައިޓްވެސް ބްލޮކްކޮށްފި
ސަރުކާރުން ބްލޮކްކޮށްފައިވާ ވެބްސައިޓްތަކުގެ ތެރޭގައި ރާއްޖޭގައި އޮންލައިންކޮށް ޝާއިއުކުރަމުން އަންނަ ނޫސް "ފުރަތަމަ" ހިމެނޭކަން އެނޫހުގެ ފޭސްބުކް ޕޭޖުގައި ވަނީ ހާމަކޮށްފައެވެ.
22 Dec 2023
ޚަބަރު
ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާޢިއު ކުރަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފި
ވެބްސައިޓްތައް ބްލޮކް ކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމުގައިވެސް ޝަހީބު ކުރެއްވި އެކްސްގައި ލިޔުއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
21 Dec 2023
ޚަބަރު
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން ޕަބްލިކް ފޯރަމްތަކެއް ބާއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްމަސް ފުރުނު އިރު، އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި ބޮޑު ޙިއްޞާއެއްވި، ރައީސް ޔާމީނުގެ ސަޕޯޓަރުން ވަނީ، ރައީސް ޔާމީނާއި މެދު މިސަރުކާރުން އަމަލުކުރާ ގޮތްތަކާއި މެދު ނުރުން ފާޅުކުރަމުންނެވެ.
20 Dec 2023
ޚަބަރު
ހަމައެކަނި މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައީސް މިއަދު ބައްދަލުކުރެއްވުމަކީ އިއްތިފާޤެއް: ތަރުޖަމާނު
މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފާއި ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އެމްޑީއެންގެ ލީޑަރު އަޙްމަދު ސިޔާމް އާއި ބައްދަލުކުރައްވާފައެވެ.
20 Dec 2023
ޚަބަރު
ރައީސް ޑރ. މުއިއްޒުއެމްޑީއޭގެ ލީޑަރު ޝިޔާމާއި ބައްދަލުކުރައްވައިފި
އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމާއި ރައީސް، އެމްއެންޕީގެ ލީޑަރު މުޙައްމަދު ނާޒިމަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރެއްވި ބޭފުޅުންނެވެ.
20 Dec 2023
ޚަބަރު
ރައީސް ޑރ. މުއިއްޒު، ޖޭޕީގެ ލީޑަރު ޤާސިމްއިބްރާހީމާއި ބައްދަލުކުރައްވައިފި
ރައީސް ޑރ. މުއިއްޒު މިއަދު ޤާސިމް އިބްރާހީމާއި ބައްދަލުކުރެއްވިކަން ހާމަކުރެއްވުން ފިޔަވައި، އެބައްދަލުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި އިތުރުމައުލޫމާތެއް ހާމައެއް ނުކުރެއެވެ.
20 Dec 2023
ޚަބަރު
މުސާރައަށް އިތުރުވާބައި، ކުޑަކުދިންގެ ފަންޑަކަށް ހަދިޔާކުރައްވުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މިގެނައި ބަދަލުގެ ސަބަބުން، މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ލިބޭ ފައިސާ ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
19 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރަސްމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ބޭނުމެއް ނުކުރެވޭނެ!
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެއަކީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަނޑައަޅުއްވާނެކަމަކަށެވެ. މިގޮތުން އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ޙަކަތަކަމުގައި ހައްދަވާނެ ކަމަށާއި، ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
18 Dec 2023
ޚަބަރު
ރައީސް އޮފީހުގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ރައީސް ޞާިލޙްގެ ފޮޓޯތައް ނުފެންނަގޮތް ހަދައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށާއި، ކުރީ ސަރުކާރުގެ ދުވަސްވަރުގެ ފޮޓޯތައް އާއްމުންނަށް ނުފެންނަ ގޮތަށް މިހާރު ހުރީ އާކައިވްކޮށްފައި ކަމަށެވެ. އަދި ފޮޓޯތައް ޑިލީޓްކުރީ ނޫންކަމުގައިވެސް ޚަލީލު ވިދާޅުވިއެވެ.
18 Dec 2023
ޚަބަރު
ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށައަޅައިފި
ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް މިހުށައެޅުއްވީ، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހުގައި، އެމައްސަލަ އަނބުރާ ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވާލައްވާފައި ވަނިކޮށެވެ.
17 Dec 2023
ޚަބަރު
މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުންފުންޏެއް އުފެއްދެވުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.
17 Dec 2023
ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭ އުސޫލެއް އެކުލަލަވާލަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
17 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައްޔިތުންގެ މިދައުރުގެ ފަހު ޖަލްސާ މާދަމާ: ވަޒީރުންނަށް ރުހުން ދިނުމަށާއި، ރައީސުލްޖުމްހޫރިޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުން ފަސޭހަކުރި އިސްލާޙުތްކަށް ވޯޓަށް އަހާނެ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ހަމަވަނީ ނޮވެމްބަރު މަހުގެ 29އަށް ނަމަވެސް މަޖިލީހުގައި ބައެއް މަސައްކަތްތައް ނުނިމިހުރުމާއި އެކު މަޖިލީހުގެ ދައުރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ވަނީ ދަންމާލާފައެވެ. އެހެންވެ މާދަމާ ބާއްވާނީ ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާއެވެ.
17 Dec 2023
ޚަބަރު
ރަމަޟާން މަހުގެ ފަހު 10 އާއި އެކު އަންނަ އަހަރުގެ މާރިޗު 29 އިން އޭޕްރީލް 13 އަށް ސަރުކާރު ބަންދު
ކަލަންޑަރުގައިވާ ގޮތުން މިއަންނަ ރަމަޟާން މަހުގެ ފަހު ދިހައެއް ފެށޭނީ މާރިޗު 31ވާ އާދިއްތަ ދުވަހުގައެވެ. އެހެންކަމުން މިނިންމެވުމާއި އެކު މާރިޗުމަހުގެ 29 އިން އޭޕްރީލް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހަފްތާ ބަންދާއެކު ސޯޅަދުވަސް ސަރުކާރު ބަންދުވާނެއެވެ.