Advertisement

ފުށި ދިއްގަރުފަޅުން ހިއްކާފައިވާ ބިން --- ފޮޓޯ: ސޯޝަލް މީޑިއާ

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހަތް ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިފި

މިސަރުކާރުން ހިންގުމަށް ހަމަޖައްސާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް ބޭނުންވާ ބިންހިއްކުމުގެ  މަސައްކަތުގައި މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުން މިއަދު ވަނީ، ފުށިދިއްގަރުފަޅުގައި ބިންހިއްކަމުންދާ ސަރަހައްދަށް ޒިޔާރަތްކޮށް ސަރުކާރުގެ އެމަޝްރޫޢު ހިންގަމުންދާ ގޮތާއި ގުޅޭ މަޢުލޫމާތުތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. 

ފުށިދިއްގަރުފަޅު ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައި ވަނީ، ރަސްމާލޭގެ ނަމުގައެވެ. ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 29 ހެކްޓަރުގެ ބިން ހިއްކާއިރު، މިމަޝްރޫޢުގެ ދަށުން ޖުމުލަ، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އޭގެ ތެރެއިން 60 ހެކްޓަރުގެ ބިންދޭނީ ބިން ހިއްކާ ކުންފުންޏަށެވެ. 

ރަސްމާލެ މަޝްރޫޢުގެ މުޅިމަޝްރޫޢަށް ބޭނުންވާ ބިން ހިއްކައި ނިމޭނީ 8 މަސްދުވަހުން ކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢުގެ ސްޕީޑް ބާރުކަމަށް ބުނެ، 7 ދުވަހުން 10 ހެކްޓަރުގެ ބިންހިއްކިފައިވާކަން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާއި އިރު، އެއީ ދުވާލަކަށް 1.4 ހެކްޓަރެވެ. އެސްޕީޑަށް ބަލާނަމަ، ހިއްކުމަށް ކަނޑައަޅާފައިވާ 1153 ހެކްޓަރުގެ ބިންހިއްކައި ނިމޭނީ، 3 އަހަރާއި ތިންމަސް ދުވަހުންނެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ގޮންޖެހުންތަކާއި ދަތިތައް ހައްލުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެންމެ ބޮޑު ވަޢުދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.