ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
31 Jan 2024
ޚަބަރު
މެލޭޝިޔާގެ އައު ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
31 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑުއްވާފައި: ދަ ޑިމޮކްރެޓްްސް
ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރެއްވި ގޮތް ކުއްވެރިކޮށް، ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް، އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.
31 Jan 2024
ޚަބަރު
މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން: ޙިސާން
ޙިސާން ވިދާޅުވީ، ޤާނޫނު އަސާސީ ބައްޓަންކޮށްފައި އޮތީ އަދި ދައުލަތުގެ ނިޒާމްތައް ބައްޓަންވެފައި އޮންނަނީ، އެއްބާރުން އަނެއްބާރަށް ފާރަވެރިވާ ގޮތަށް، ޗެކްއެންޑް ބެލެންސްގެ ނިޒާމްތަކެއް ރާވައި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުން ލާޒިމްވާ ގޮތަށެވެ.
30 Jan 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިޒްރޭލާ ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ޤަބޫލުކުރާގޮތް ރައީސް އެމެރިކާއަށް ހުށައަޅުއްވައިފި
ޑޮނާލްޑް ލޫއާ ރައީސުޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ފަލަޞްތީނާއި އިޒްރޭލުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެދައުލަތުގެ ހައްލަކީ، ރާއްޖެއިން ޤަބޫލު ކުރާ ގޮތް ކަމުގައި ފާހަގަކުރައްވާފައެވެ.
30 Jan 2024
ޚަބަރު
އިންޑިއާ ކަނޑުގެ ސަލާމަތާއި ގުޅޭ ކަންކަމުގައި ރައީސް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީގެ ނައިިިބާއެކު މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
29 Jan 2024
ޚަބަރު
މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަޤާމުތަކަށް ރައީސް ޢައްޔަނު ކުރައްވައިފި
މިއަދު މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިން މިނިސްޓަރ ޑރ ޢަލީ ހައިދަރެވެ. މިތިން ބޭފުޅުން އަލުން ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް އަލުން ޢައްޔަނުކުރެއްވުމަށް ފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށްވެސް އުޝާމް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.
29 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް މިއަދު ހުށައަޅާނެކަމުގައި އެމްޑީޕީން ބުނެފި
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެމައްސަލަ މިއަދު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމެމްބަރު ވިދާޅުވިއެވެ.
29 Jan 2024
ޚަބަރު
މިފްކޯގެ ބޯޑަަށް މަސްވެރިއަކު އައްޔަނުކުރެއްވުމަށް ރައީސް ނިންމަވައިފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ މަސްވެރިންގެ ތެރެއިން، މަސްވެރިއަކު މިފްކޯގެ ބޯޑުގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި އެކު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމަވާފައެވެ.
28 Jan 2024
ޚަބަރު
ރާއްޖޭގައި އަމިއްލަ ފަރާތަކަށް ހެލިކޮޕްޓަރު ދަތުރުތައް ކުރުމަށް ހުއްދަދޭން ނިންމައިފި
އޭގެ ތެރޭގައި ހިމެނެނީ، ސަރޗް އެންޑް ރެސްކިއު އާއި ބަލިމީހުން އުފުލުމުގެ ޚިދުމަތް ދިނުން ލާޒިމްކޮށް، ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ހެލިކޮޕްޓަރުގެ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެ ޚިދުމަތް ނޫން އެހެން ޚިދުމަތްތައް ދޭންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުންކަން ކަނޑައެޅުން ހިމެނެއެވެ.
28 Jan 2024
ޚަބަރު
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
26 Jan 2024
ޚަބަރު
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، ޖެނެރަލް ޑޭވިޑް ޖޯން ހަރލީއަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
25 Jan 2024
ޚަބަރު
ރައީސްގެ 7 ދުވަހުގެ ޗައިނާ ދަތުރުފުޅަށް 2.4 މިލިޔަން ރުފިޔާ ޚަރަދުވި
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ތަފްސީލް ދަތުރުފުޅު ނިމޭތާ 14 ދުވަހުގެ ތެރޭގައި ހާމަކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
25 Jan 2024
ޚަބަރު
އެސްއެމްއެސްއިން ރައްޔިތުންނަށް ވަޒީރުންނާއި ސުވާލުކުރެވޭ ގޮތަށް ބާއްވާ ފުރަތަމަ ފޯރަމް މިރޭ ސަލްޓަން ޕާކުގައި
އެއީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ. އައިޝަތު ޝިހާމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން ޢަބުދުﷲ ރާފިޢު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބުދުﷲ މުއްޠަލިބު އަދި މިނިސްޓަރ އޮފް އިކޮނޮމިކް އޮފް ޑިވޮލޮޕްމެންޓް، މުޙައްމަދު ސަޢީދެވެ.
23 Jan 2024
ޚަބަރު
ފުރިހަމަ މާނައިގައި ކައުންސިލްތައް ބާރުވެރިކޮށްދޭނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރިހަމަ މާނައިގައި ސަރުކާރުން ކައުންސިލްތައް، ބާރުވެރިކޮށް ދެއްވާނެކަމަށާއި، މިސަރުކާރުގެ މިދިޔަ ދެމަހެއްހާ ދުވަހުވެސް މަސައްކަތްކުރީ އެ މަގުންކަމަށެވެ. މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ، ސަރުކާރުން އެންމެ އިސްކަންދޭނެ އެއްކަންތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
22 Jan 2024
ޚަބަރު
އަތޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވައިފި
މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމެބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި އެކުވެސް ބައްދަލުވުންތައް ބާއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
22 Jan 2024
ރިޕޯޓް
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތެއް ނެތިފައި، މިނިސްޓަރ ނާޒިމް ދޫފުޅުއޮޅިދާނެތީ ބިރުފުޅުގެންފައި
އިއްޔެ ބޭއްވި ނޫސްކޮންފަރެންސަކީވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ ގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް ނަމަވެސް، ރާއްޖޭގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ޖަވާބެއްދޭނެ މީހަކު ފެންނަން ނެތުމާއި އެކު ނޫސްވެރިންގެ ސުވާލުތައް އޮއްސާލީ ނާޒިމަށެވެ. ނާޒިމްގެ ބަސްފުޅަކީ އެއީ އެމަނިކުފާނުގެ ދާއިރާ ނޫންކަމަށެވެ.