Advertisement

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ---

25 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެސްއެމްއެސްއިން ރައްޔިތުންނަށް ވަޒީރުންނާއި ސުވާލުކުރެވޭ ގޮތަށް ބާއްވާ ފުރަތަމަ ފޯރަމް މިރޭ ސަލްޓަން ޕާކުގައި

އެސްއެމްއެސްއިން ރައްޔިތުންނަށް، މިސަރުކާރުގެ ވަޒީރުންނާއި، ސުވާލުކުރުމަށް ފުރުޞަތުދީގެން ބާއްވާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

މިފޯރަމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިރޭގެ، 8:30ގައި މާލޭ ސަލްޓަންޕާކު ސްޓޭޖު ގައެވެ. މިފޯރަމް ކުރިޔަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، "އަހާ" ގެނަމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މިސިލްސިލާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ، ފަސް ވަޒީރުންނެވެ.

އެއީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ. އައިޝަތު ޝިހާމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން ޢަބުދުﷲ ރާފިޢު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބުދުﷲ މުއްޠަލިބު އަދި މިނިސްޓަރ އޮފް އިކޮނޮމިކް އޮފް ޑިވޮލޮޕްމެންޓް، މުޙައްމަދު ސަޢީދެވެ.

ކޮންމެ ދެމަހުން އެއްމަހު ބާއްވާ މިފޯރަމްގައި، ސަރުކާރުގެ ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އެހެން ނަމަވެސް ރައްޔިތުން މި ފަސް ވަޒީރުންނާއިކުރަން ބޭނުންވާ ސުވާލު ފޮނުވަން ޖެހޭނީ އެސްއެމްއެސްއެއްގެ ގޮތުގައެވެ.

އެސްއެމްއެސް ކުރައްވަން ޖެހޭނީ، AH (SPACE) SUVAALU, SEND TO 300 އަށެވެ. ވަޒީރުންނަށް ރައްޔިތުން ފޮނުވާ ސުވާލު ވަޒީރުންނަށް ހުށައަޅާނީ ޕްރެޒެންޓަރެވެ،

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.