ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
09 Apr 2024
ޚަބަރު
ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރާ ދެވަނަ ފަހަރަށް ހުޅުވައިފި
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވުންކަމުގައި ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއެކު ޢީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ ޢަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
25 Mar 2024
ޚަބަރު
ބޭރު ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫއޭވީތައް ދުއްވާނީ ދިވެހި ސިފައިން ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރު ސިފަން ތަމްރީން ހޯދުމަށް ފޮނުވާނެ ކަމަށާއި މިހާރުވެސް ޓްރޭނިންގައި ދިވެހި ސިފައި ތުރުކީގައި އެބަތިބި ކަމަށެވެ.
25 Mar 2024
ޚަބަރު
ރައީސް ޑރ. މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް ޕޫޓިންއަށް!
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
22 Mar 2024
ޚަބަރު
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް!
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. އެހެންވެ މިދަތުރުފުޅާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ.
19 Mar 2024
ރިޕޯޓް
އޭޕްރީލްމަހުގައި ސަރުކާރު ބަންދު 19 ދުވަސް، ސަރުކާރު މުވައްޒަފުންނަށް ބޮޑު ޗުއްޓީއެއް!
ސަރުކާރުން ރަސްމީ ބަންދު ދުވަސްތައް ކަނޑައެޅުމުގައި މިގެންނެވި ބަދަލާއި އެކު، އޭޕްރީލް މަހުގައި ޖުމުލަ 19 ދުވަހަކީ ސަރުކާރުގެ މުވައްޒަފުންނަށް ރަސްމީ ބަންދު ދުވަސްތަކެވެ. އަދި ރަސްމީ ދުވަހުގެ ގޮތުގައި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ޖެހޭނީ 11 ދުވަހުގައެވެ.
19 Mar 2024
ޚަބަރު
މަޖިލިސް އިންތިޚާބާއި ގުޅިގެން ދެދުވަސް ސަރުކާރު ބަންދުކުރުމަށް ހަމަޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އިލެކްޝަންސް ކޮމިޝަނުން އެކަމަށް އެދިވަޑައިގެންފައި ވާތީއެވެ.
18 Mar 2024
ޚަބަރު
މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ މެމްބަރުންނަށް ފަތްކޮޅު އެރުވުމުގައި އަމަލުކުރަމުން އައި އުސޫލު ބަދަލުވެއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް، ހއ. ހޯރަފުށީ ރިވޯޑް، އައިމިނަތު ނުޒުހާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިންތާ، 26 ދުވަސް ފަހުން މިއަދު ރައީސް އޮފީހުން ވަނީ، މިހާތަނަށް އަމަލު ކުރަމުން އައި އުސޫލާއި ރިޔާސީ އާދަކާދަތަކާއި ޚިލާފަށް، އޭނާ މަޤާމަށް ޢައްޔަނުކުރައްވައިފި ކަމުގެ ފަތްކޮޅު، ރައީސް އޮފީހުގެ ސިޓީ ބަހާ މުވައްޒަފުން ލައްވައި ގެއަށް ފޮނުއްވާފައެވެ. އަދި ނުޒުހާ ކޮމިޝަނަށް ޢައްޔަނުކުރެއްވި ކަމުގެ ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރައްވާފައެއް ނުވެއެވެ.
18 Mar 2024
ޚަބަރު
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މިއަދު ވަނީ ހަމަޖައްސަވާފައެވެ.
16 Mar 2024
ޚަބަރު
ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހިން އަމިއްލައަށް ބެލެހެއްޓުމާއި މެދު އެހެން ބަޔަކު ކަންބޮޑުވާން ނުޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަމަށާއި، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަމަށާއި 9 ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ޚާއްސަ އިޤުތިޞާދީ ސަރަހައްދެއް އޮތް ޤައުމެއް ކަމަށެވެ.
15 Mar 2024
ޚަބަރު
މޯލްޑިވްސް ނެޝަނަލް ޑިފެންފޯސްގެ އެއަރކޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތު އެމްއެންޑިއެފް އެއާކޯގައި އޮތީ ތިން ޔޫއޭވީ ނަމަވެސް އިތުރު އުޅަނދުތައް ފްލީޓަށް އިތުރު ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ތުރުކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
15 Mar 2024
ޚަބަރު
ވަޒީފާއި އިން ވަކިވުމާއި އެކު ޕެންޝަން ފައިސާ ލިބޭނެ ގޮތް ހެދޭނީ ޤާނޫނު އިސްލާޙްކޮށްގެން: ރައީސުލްޖުމްހޫރިއްޔާ
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބު ސިލްސިލާގައި މީހަކު ދެންނެވި ސުވާލަަކަށް ދެއްވި ޖަވާބުގައެވެ. އޭނާ ސުވާލުކޮށް އަދި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ވަޒީފާއިން ވަކިވާފަހުން، ވަރަށް ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް ޕެންޝަން ފައިސާއިން ބޭނުން ނުކުރެވޭ މައްސަލައިގައެވެ.
10 Mar 2024
ޚަބަރު
އަސާސީ ކާބޯތަކެތީގެ އަގު ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވެއްޖެ
ހުރިހާ ސަރުކާރެއްގައިވެސް ޚާއްޞަކޮށް ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކޮށް ފިޔަވަޅުތައް އަޅައެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި ފިޔާ އަލުވި އަދި ބިހުގެ އަގުތައް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި އެބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ހެޔޮއަގުގައި މާކެޓަށް ނެރެއެވެ.
07 Mar 2024
ޚަބަރު
ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޗާޕްކުރި ފޮތްތައް މަގުމައްޗަށް ނެރެ އުކާލައިފި
މަގުމައްޗަށް ނެރެ އުކާލާފައި ހުއްޓައި ފެނިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީތަކާއި، ކުރެވުނު މަސައްކަތްތައް ހިމަނައި، "މިނިވަންކަމާއި އެކު 1 އަހަރު" އެނަމުގައި ނެރެފައިވާ ފޮތެކެވެ.
07 Mar 2024
ޚަބަރު
އޯޓިޒަމް އެސޯސިއޭޝަންގެ އާޓް އޮފް މައިންޑް ކުރެހުމުގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
އޯޓިޒަމާއި އެކި އެކި ޑިވެލޮޕްމަންޓަލް ޑިސްއޯޑަރތައް ހުންނަ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، އެކުދިންނަކީ މުޖުތަމައުގައި ޤަދަރުވެރި އަދި ފާހަގަކޮށްލެވޭ ހުނަރުވެރި ބަޔަކަށް ހަދައިދިނުމަށްޓަކައި އެސެންޓަރުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ އާޓް އޮފް މައިންޑް، ކުރެހުމުގެ މަރުކަޒު ބާއްވާ މިއީ ހަވަނަ އަހަރެވެ.
05 Mar 2024
ޚަބަރު
މެދުރާއްޖެ ތެރޭގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް ރައީސް ފައްޓަވައިފި
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާ ކަމަށާއި، އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
03 Mar 2024
ޚަބަރު
ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭގެ ސިޓީއެއް، އަންގާފައި ވަނީ އެކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރުމަށް!
ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެލްޖީއޭއިން ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީއާ ގުޅިގެން ކައުންސިލުން ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެލްޖީއޭގެ ސިޓީއަށް ކައުންސިލުން ދޭނެ ޖަވާބެ އަދި އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އޭގެ ފަހުން ކަމުގައިވެސް އެ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެލްޖީއޭގެ ސިޓީން ދޭހަވަނީ އެއީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތައް ނުހަމަ ގޮތުގައި ބޭނުންކުރެއްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެކަމަށް އެންގި އެންގުމެއްގެ ގޮތުގައި ކަމަށެވެ.