Advertisement

މިރޭ ތަޢާރަފްކުރި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް ނެޝަނަލް ޑިފެންފޯސްގެ އެއަރކޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންފޯސްގެ އެއަރކޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްއެންޑީއެފްގެ އެއަރކޯ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިރޭ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްްގައެވެ.  

މޯލްޑިވްސް ނެޝަނަލް ޑިފެންފޯސްގެ އެއަރކޯ އުފައްދަވާފައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވައިގެ މަގުން ބެެލެހެއްޓުމަށްޓަކައެވެ. 

އެމްއެންޑީއެފް އެއާ ކޯ އިފްތިތާޙްކުރެއްވުމާއި އެކު، އެމްއެންޑީއެފްއަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ވެސް ވަނީ އިފްތިތާޙްކޮށްދެއްވާފައެެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތު އެމްއެންޑިއެފް އެއާކޯގައި އޮތީ ތިން ޔޫއޭވީ ނަމަވެސް އިތުރު އުޅަނދުތައް ފްލީޓަށް އިތުރު ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ތުރުކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހޯދުނު މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަ ކުރައްވާފައެވެ.

އެމްއެންޑީއެފް އެއަކޯރގެ ޚިދުމަތުގައި ބޭނުންކުރުމަށް ގެނައި މި ޔޫއޭވީތަކަކީ ގަޑިއަކު 220 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ އަދި މެދުނުކެނޑި 20 ގަޑިއރު އުދުހުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.