ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
24 Feb 2024
ރިޕޯޓް
ސަރުކާރުތަކުންދޭ އަނިޔާއަށް އިންސާފު ހޯދަން، ރައްޔިތުން ދާނެ ތަނެއް ނެތް!
ރައްޔިތުން ވެރިކަމަށް ބޭފުޅަކު ހޮވަނީ ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްވެ، ހަމަޖެހޭ ޞުލްޙަވެރި އަބުރުވެރި ދިރިއުޅުމެއްގެ އުޅެވޭނެ ކަމުގެ ހުވަފެންތައް ދެކެމުންނެވެ. އެހެން ނަމަވެސް ރައްޔިތުން އިންތިޚާބުކުރި ވެރިޔާ އުފައްދާ ސަރުކާރުތަކުން ޖަމާޢަތާއި ފަރުދުންނަށް ދޭ، މާލީ، ނަފްސާނީ، އަދި ޖިސްމާނީ އަނިޔާގެ ބަދަލެއް އިންސާފެއް ހޯދަން ރައްޔިތު މީހާ ދާނެ ތަނެއް ނެތެވެ. އެ ބޮޑު ބޭއިންސާފަށް އިންސާފެއް ހޯދޭނެ ގޮތެއްވެސް ނޯވެއެވެ. ކޮންމެ ފަސް އަހަރަކުން ރައްޔިތުންވެރިކަން ބަދަލުކޮށްގެން އިންސާފު ލިބޭނެ ކަމަށް އޮތީ ހަމައެކަނި އުއްމީދު ކުރުމެވެ.
24 Feb 2024
ޚަބަރު
މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެންމެ ފުރަތަމަ ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް އެނިންމުން ތަންފީޒް ކުރުން ލަސްކުރީ ދައުލަތުގެ މާލީ ހާލަތު ގޯސްވެގެންނެވެ.
24 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާ އާއި ޚިޔާލު ހުށައެޅުމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމްކޮށްފި
މިޕޯޓަލް އިފްތިތާހްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވޭނެ މަގުތައް ފަހިކުރަން ޖެހޭކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
22 Feb 2024
ޚަބަރު
މޯލްޑިވިއަނުން ރާޅާ އަޅާ ކަނދު އުފުލުމަށް ނަގާ ފީ ކުޑަކޮށްދޭނަން: ރައީސް
މޯލްޑިިވިއަނުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސަރފް ބޯޑު އުފުލުމަށް ނަގާ ފީ ކުޑަ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު"ގެ ތެރެއިން އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
22 Feb 2024
ޚަބަރު
ތިނަދޫގައި އެއާޕޯޓު އެޅުމަށް ހެދީ އެގްރީމެންޓެއް ނޫންކަމަށާއި އެއީ ފަހުމުނާމާއެއް ކަމުގައި ސަރުކާރުން ބުނެފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ ޚަބަރުތަކުގައިވެސް އެބަސްވުމުގެ ގޮތުގައި ޢިބާރާތްކޮށްފައިވާ ތަންތަން މިހާރު ވަނީ، ފަހުމުނާމާއަށް ބަދަލުކޮށްފައެވެ. އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު އާއްމުކުރި މީޑިއާ ބްރީފްގައިވެސް ބުނެފައި ވަނީ، ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ އާއެކު އަންގާރަ ދުވަހު ސޮއެކުރީ، އެމަޝްރޫޢު ކުރިޔަށް ގެންދިޔުމުގެ ކޮންޓްރެކްޓްގައި ނޫންކަމަށެވެ.
22 Feb 2024
ޚަބަރު
ގއ ވިލިގިލީގައިވެސް އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއެކޮށްފި
މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ، ބެސިކްސް ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެކުންފުންޏަކީ، ދުބާއީގެ ބުރުޖް ޚަލީފާ ޢިމާރާތްކުރުމުގައިވެސް މަސައްކަތްކޮށްފައިވާ ކުންފުންޏެކެވެ.
21 Feb 2024
ރިޕޯޓް
މުއްސަނދި ކުޑަ ޤައުމެއް، ސިޔާސީ މީހުން ކައި ހުސްކޮށްލުމުން މިއަދު ރައްޔިތުން ތިބީ ބަނޑަށްޖެހިފައި
އިޤުތިޞާދީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި ނައުރޫއަށް ދިމާވި މައްސަލައަކީ އެޤައުމުގެ އިޤުތިޞާދު މެނޭޖު ނުކުރެވުމެވެ. އަދި ޤައުމުގައި ހުރި ޤުދުރަތީ ރިސޯސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ނުކުރެވެމެވެ. އެހެންކަމުން ނައުރޫއަށް ވެގެން ދިޔަ ގޮތަކީ، ދުނިޔޭގެ ކުދި ޖަޒިރާ އެހެން ޤައުމުތަކަށް އޮތް މިސާލަކަށް ވާއިރު، ދިވެހިރާއްޖޭގެ މިސްރާބު މިހުރީ ކިހިނެއްތޯ ވިސްނާލަން ޖެހެއެވެ.
21 Feb 2024
ޚަބަރު
ދިވެހިދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަންހުށައެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވައިލަނީ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މިދިޔަ އަހަރު މިއިނާމް 148 ބޭފުޅަކަށް ވަނީ ދެއްވާފައެވެ.
21 Feb 2024
ޚަބަރު
ރޯދަމަހު އިންތިޚާބު ނުބާއްވާގޮތަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ނުކުރައްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި
21 Feb 2024
ޚަބަރު
ގައްދޫއާއި މާވަރުލު އެއަރޕޯޓް އެއްގަމު މަގުން ގުޅާލާނަން: ރައީސް
ގދ. ގައްދޫއާ އެ ރަށު ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
21 Feb 2024
ޚަބަރު
ސިޔާސީ މަޤްސަދެއްގައި މީހުން ހައްޔަރެއް ނުކުރާނަން: ރައީސް
ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
21 Feb 2024
ޚަބަރު
ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓް އަޅަނީ، ބަދަލުގައި ރިޒޯޓު ހަދަން 12 ރަށް ދީފައި
އިއްޔެ ވަނީ، ތިނަދޫގައި އިންޓަރނޭޝަލް އެއާޕޯޓެއް އެޅުމަށް، މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. އްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.
20 Feb 2024
ޚަބަރު
ރާއްޖޭގެ ބޭރުގެ ދަރަނީގެ އަދަދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ އަދަދު ރަނގަޅު ނޫންކަން ކުރީގެ ފިނޭންސް މިނިސްޓަރ ހާމަކުރައްވައިފި
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، 2023ވަނަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށާއި، އެ 51 ބިލިއަން އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދު ކަމަށެވެ.
20 Feb 2024
ޚަބަރު
ސްޓޭޓް މިިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ހުސެއިން އިސްމާއިލް ވަކިކޮށްފި
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ހުސެއިން އިސްމާއިލް އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
20 Feb 2024
ޚަބަރު
ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނަން: ރައީސް
ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްޤީކުރާނީ ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
19 Feb 2024
ޚަބަރު
ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދޭނަން: ރައީސް
ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައެވެ. މި ބައްދަލުކުރެއްވުންއޮތީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާގައެވެ.