Advertisement

ކުރީގެ ފޮރިން މިނިސްޓަރ އިބްރާހީމް އަމީރު ---

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ބޭރުގެ ދަރަނީގެ އަދަދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ އަދަދު ރަނގަޅު ނޫންކަން ކުރީގެ ފިނޭންސް މިނިސްޓަރ ހާމަކުރައްވައިފި

ރާއްޖޭގެ ބޭރުގެ ދަރަނީގެ އަދަދަކީ، 120 ބިލިއަން ރުފިޔާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުން ރަނގަޅު ނޫންކަމުގައި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހާމަކުރައްވައިފިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، 2023ވަނަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށާއި، އެ 51 ބިލިއަން އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދު ކަމަށެވެ.

މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށް ދާނެކަމަށާއި، 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާއި ހަވާލުވި އިރުވެސް  ސަރުކާރުން އާއްމު ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާގެ ބިލުތަކެއް ދައްކަން ހުރިކަމަށެވެ. އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ނުދައްކާ ކަމަށާއި، އެވާހަކަތައް ސިޔާސީ ބޭނުމަށް ދައްކާ ވަރަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

"މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އަޅުގަނޑުމެން މަސައްކަތާ ހަވާލުވިއިރުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ކުރިމަތިވެފައި އޮތީ، އޭގެ ކުރީގެ ސަރުކާރު ނިމިގެންދިޔައިރުގައި ކުރިމަތިކޮށްފައި އޮތް އިޤްތިޞާދީ ޙާލަތު. 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި." 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ----

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންވެސް ވިދާޅުވަމުން ގެންދަވަނީ، ރާއްޖޭގެ ބޭރުގެ ދަރަނި 120 ބިލިއަނަށް އަރާ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަތައް، ކުރީ ސަރުކާރުގެ އިސްވެރިން ދޮގުކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.