Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

28 Feb 2024
ޚަބަރު

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ 55 ވަނަ ބައްދަލުވުމުގައި ރާއްޖެއިން އިއްވި ބަޔާނުގައެވެ.

މިބަޔާން އިއްވެވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުލްސަމަދެވެ. މި ބަޔާންގައި ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އިސްރާޢީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 1967 ވަނަ އަހަރު އޮތްގޮތަށް ފަލަސްޠީނުގެ ވެރިކަންކުރާ ރަށަކަށް ޤުދުސްވާ ގޮތަށް އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ބީވެފައިވާ އިންސާނީ ޙައްޤުތައް ވަގުތުން ވަގުތަށް ކަށަވަރުވާންޖެހޭކަމަށް ޝެރީނާ ވިދާޅުވިއެވެ.

އ.ދ.ގެ 55 ވަނަ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގައި ބައިވެރިވެވަޑައިގަތުމަށް ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުލްސަމަދު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި އެކަމަނާ ވަނީ އެކި ޤައުމުތަކުގެ މަތީ ފަންތީގެ ބޭބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.