Advertisement

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެން ދެއްވި ނޫސްބަޔާން --- ފޮޓޯ: ނޫން.

25 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ 7 ދުވަހުގެ ޗައިނާ ދަތުރުފުޅަށް 2.4 މިލިޔަން ރުފިޔާ ޚަރަދުވި

ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުއިއްޒުގެ 7 ދުވަހުގެ ޗައިނާ ދަތުރުފުޅަށް 2.4 މިލިޔަން ރުފިޔާ ޚަރަދުވިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި، ފުރަމާނަ ދަތުރުފުޅުގެ ޖުމުލަ ޚަރަދު ތަފްސީލް މިއަދު މީޑިއާއަށް ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ތަފްސީލް ދަތުރުފުޅު ނިމޭތާ 14 ދުވަހުގެ ތެރޭގައި ހާމަކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައވާ ތަފާސް ހިސާބުގައި ވާގޮތުން އެންމެ ބޮޑު ޚަރަދެއް ހިނގީ ޓިކެޓްގަތުމަށެވެ. މިގޮތުން، 59 ޓިކެޓަށް 2.02 މިލިޔަން ރުފިޔާ ޚަރަދުވިއެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ ދަތުރުގައި ބައިވެރިވި ބޭފުޅުންނަށްދިން ޕޮކެޓް މަނީއަށެވެ. ޕޮކެޓްމަނީގެ ގޮތުަގައި 30 މީހުންނަށް ބޮލަކަށް ދިހަހާސް ރުފިޔާ ޖެހޭ އިރު، ޕޮކެޓްމަނީގެ ގޮތުގައި 3 ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މުޅި ދަތުރުގެ ޚަރަދަށް ބަލާއިރު 7 ދުވަހުގެ ޚަރަދު ބޮލަކަށް 80000 ރުފިޔާއަށް އަރައެވެ.

މިދަތުރުފުޅުގެ އެކަމަޑޭޝަނާއި ޗައިނާގެ އެތެރޭގެ ދަތުރުތައް ހަމަޖައްސައިދީފައި ވަނީ ޗައިނާ ސަރުކާރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.