ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
10 Jan 2024
ޚަބަރު
އިންޑިއާގެ ހެކަރުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި
އެވެބްސައިޓް ހެކްކޮށް ވެބްސައިޓްގެ ފްރޮންޓް ޕޭޖަށް މިހާރު އަރުވާފައި ހުރީ އިންޑިއާގެ ދިދަ އާއި ހެކަރުންގެ ގުރޫޕުން ދިވެހިރާއްޖެއަށާއި ދިވެހި ސަރުކާރަށް ދީފައިވާ އިންޒާރުގެ މެސެޖެކެވެ. އެމެސެޖުގައި ބުނެފައި ވަނީ، ވެބްސައިޓް ހެކްކޮށްފައި ވަނީ، ޓީމް ނެޓްވޯކް9 ނަމަކަށް ކިޔާ ގުރޫޕަކުން ކަމަށެވެ.
09 Jan 2024
ޚަބަރު
ރައީސް ޑރ. މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވުރެ ކުރިން އިންޑިއާއަށް ވަޑައިގެންނެވުމަށް ހުށައެޅުއްވި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ތުރުކިޔޭއަށް ވަޑައިގެންނެވިއިރު، ދެވަނަ ދަތުރުފުޅުގައި މިހާރު ވަޑައިގެން ހުންނެވީ، ޗައިނާގައެވެ. އިންޑިއާއަށް ވަޑަިއގެންނެވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން، އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި އަދި މީޑިއާތަކުންވެސް ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔާފައެވެ.
09 Jan 2024
ޚަބަރު
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ޙަސީނާ ހޮވިވަޑައިގަތުމުން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
08 Jan 2024
ޚަބަރު
ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތްކުރި ކުންފުންޏާއި ރައީސް ބައްދަލުކުރައްވައިފި
އެކުންފުނީގެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގައެވެ
08 Jan 2024
ޚަބަރު
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފި
ގުދުރަތީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭންވެސް ދެޤައުމުގެ ސަފީރުން ހާޟިރުކޮށް ސުވާލުކޮށްފި
އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ޙާޟިރުކޮށްފައި ވަނީ، ދިއްލީގެ ގަޑިން ހެނދުނު 9:30 އަށެވެ. އެގަޑިއަށް ރާއްޖޭގެ ސަފީރު، އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމާއި ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
08 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އެޤައުމަށް މިއަދު ހެނދުނު ވަޑައިގަތުމުން އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނެވެ.
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ނުތަނަވަސްވެފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ޗައިނާ ދަތުރުފުޅުފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި، އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Jan 2024
ޚަބަރު
އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށްފި
އެތިން ބޭފުޅުން މަޤާމުން ސަސްޕެންޑްކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލު ކަށަވަރުކޮށްދެއްވިއެވެ.
07 Jan 2024
ޚަބަރު
ނައިބު ރައީސް މޮންޓެނިގްރޯއަށް ކުރި ދަތުރަށް ހޭދަވީ 589،000 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރި ރަސްމީ ދަތުރުފުޅަށް 589،736 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
07 Jan 2024
ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފްކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުގެ ޕްރެސްޓީމާއި ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވި މަޢުލޫމާތުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމުގެ އިތުރުން، ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް (މުވައްޒަފުންނާއި އާއިލާތަކަށް) ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނޭ ކަމަށެވެ.
07 Jan 2024
ޚަބަރު
މަޝްރަހު ގޯހުން ގޯހަށް، ސަރުކާރުގެ ބަހެއް ނެތް
އިންޑިއާގެ ބޮޑުވަޒީރު ލަކްޝަދީބުގެ ޗާލުކަމަށް ކުރެއްވި ތަޢުރީފާއިއެކު، އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން، ލަކްޝަދީބުގެ ރަށްތަކާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަޅައި ކިޔައި ދެއްކި ވާހަކަތަކަށް މިސަރުކާރުގެ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިބި ބޭފުޅުން ދެއްވި ބޭ އިޙްތިރާމާއި ބޭއަދަބީ ރައްދުތަކުގެ ސަބަބުން، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތައް ވަނީ ހޫނުވެގެން ގޮސްފައެވެ.
07 Jan 2024
ޚަބަރު
ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭ ގޮތަށް، ސަރުކާރުގެ މައި އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވެއްޖެ
ނޫން.ޑޮޓްއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުަގައި، ސަރުކާރުގެ މުހިއްމު އިދާރާތަކުގެ މައިވެބްސައިޓްތައް ޑައުންކޮށްލާފައި ވަނީ ސައިބާ ހަމަލާތަކެއް ދީގެންނެވެ. އެހެން ނަމަވެސް އެކަން ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ސައިބަރ ހަމަލާއެއް ދިންކަމުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.
05 Jan 2024
ޚަބަރު
ވެލާނާ އެއާޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއާއި، އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
މިރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަސައްކަތްތަކާ އެކުއެކީގައި މިރޭ އިފްތިތާހް ކުރެވުނު މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން، މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
05 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ކުރިޔަށްގެންދިއުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެެ.
04 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އާދީއްތަ ދުވަހު ޗައިނާއަށް ފުރާވަޑައިގަންވަނީ
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެއިން ފުރާވަޑައިގަންނަވާނީ، ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި އެނބުރި މާލެ ވަޑައިގަންނަވާނީ، ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ