Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ނޫން.އެމްވީ

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާއަށް ބަރޯސާވުން ރާއްޖެއިން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ރައީސް ކުރައްވައިފި

ދިވެހިތާއްޖެއާ އިންޑިއާގެ ޒަމާންވީ ގުޅުމުގެ ތެރެއިން، އިޤުތިޞާދީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ދިވެހިރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ދޫކޮށްލައްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވައިފިއެވެ.

ޗައިނާއަށް ކުރެވި ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، އިންޑިއާގެ ނަން ވިދާޅުނުވެ އެހެން ނަމަވެސް އިންޑިއާއަށް ނިސްބަތްވާ ގޮތަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މިގޮތުން ދިވެހިރާއްޖެ އޮތް ކަނޑަކީ ވަކިބައެއްގެ ކަނޑެއް ނޫންކަމަށާއި، އަދި ދިވެހިރާއްޖެއަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫންކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސިއްޙީ ފަރުވާގައި ދިވެހިރާއްޖެ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް އިރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ޤައުމުތައް ނޫން ޤައުމުތަކަށް އާސަންދަ ފުޅާކުރައްވާނެ ކަމަށާއި މިގޮތުން، ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ. އަދި އެގޮތަށް ހަމަޖައްސަވާއިރު، ހަމަޖެހިގެންދާނީ، ބޭސްފަރުވާއަށްދާ ފަރާތްތަކުގެ އެކަމަޑޭޝަން ޚަރަދުތައްވެސް ކަވަރުކުރެވޭ ގޮތަށް ކަމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަސާސީ ކާބޯތަކެތި އިންޕޯޓު ކުރުމުގައިވެސް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި ވާއިރު، ރައީސް ވިދާޅުވީ، ހަނޑޫ ހަކުރުފުށް ތުރުކީން ރާއްޖެއަށް އެތެރެކުރުމަށް އެއްބަސްވެވި އެކަމުގެ މަސައްކަތްތައްވެސް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ ތެރެއިން ފުށާއި ހަނޑޫ ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހިލޭ ފޯރުކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި ފުށް ސަރުކާރުން ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ބަލިމީހުން އުފުލުމުގައ މިހާތަނަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ދުއްވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓަށް ބަރޯސާވެފައި އޮތް އިރު ރައީސް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ޚިދުމަތް މާޗުމަހުގެ ތެރޭގައި ފެށިގެން ދާނީ ޑޭޝް-8ގެ މަތިންދާ ބޯޓެއްގައި ކަމަށެވެ. އަދި އެެއާރ އެމްބިއުލާންސްގެ ގޮތުގައި އެބޯޓު މުޅި ރާއްޖޭގައި އުދުހުމުގެ އިތުރުން، ރާއްޖެއިން ބޭރަށް ބަލިމީހުން އުފުލުމުގައިވެސް އެބޯޓު ބޭނުން ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވި ހިސާބުން އިންޑިއާ އާއި ރާއްޖޭގެ ޚާރިޖީ ގުލުންތައް ވަނީ ގޯސްވެފައެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ 3 ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް ފުރައްސާރަ ކުރި މައްސަލައިގައި، އިންޑިއާއިން ވަނީ، ރާއްޖެ ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕޭނެއްވެސް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.