Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

21 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން ޕަބްލިކް ފޯރަމްތަކެއް ބާއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނާއި ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ޤާއިމްކުރައްވާނެ ކަމަށާއި، އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ދެފުށްފެންނަ ސަރުކާރެއް ބޭނުންވަނީ އޭގެ ޙަޤީޤީ މާނައިގައި ކަމަށެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ޕަބްލިކް ފޯރަމްތައް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފައްޓަވާނެ ކަމަށާއި، މިގޮތުން ފުރަތަމަ ފޯރަމް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ބާއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަންނަވަންތޯ، ދެފުށް ފެންނަ ސަރުކާރެއް އަޅުގަނޑު ބޭނުންވަނީ، އޭގެ ޙަޤީޤީ މާނައިގައި. ހަފުތާ 14ގެ ތެރޭގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަން.

ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ޕަބްލިކް ފޯރަމްތަކަކީ، ކޮންމެ ތިންމަހުން އެއްމަހު ބާއްވާނެ ފޯރަމްތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްމަސް ފުރުނު އިރު، އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި ބޮޑު ޙިއްޞާއެއްވި، ރައީސް ޔާމީނުގެ ސަޕޯޓަރުން ވަނީ، ރައީސް ޔާމީނާއި މެދު މިސަރުކާރުން އަމަލުކުރާ ގޮތްތަކާއި މެދު ނުރުން ފާޅުކުރަމުންނެވެ. އަދި މިސަރުކާރުގެ އިސް ބޭފުޅުން އަތޮޅުތަކުގެ ރަށްރަށަށް ވަޑައިގެންނެވުމުން، ރައީސް ޔާމީނުގެ ސަޕޯޓަރުން ދަނީ ހުސްގޮނޑިއެއް ދައްކައި، އެބޭފުޅުން ކެމްޕޭންތަކުގައި ރައީސް ޔާމީންގެ ހުސްގޮނޑިއެއް ބޭނުން ކުރިކަން ހަނދާންކޮށްދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.