Advertisement

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު ---

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދިނުން ހުއްޓައިނުލާކަމަށް ޔޫތު މިނިސްޓަރު ވިދާޅުވެއްޖެ

ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތައް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު (އަސްވާޑު) ދޮގުކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާލައިފިކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ، ތެދު ވާހަކަތަކެއް ނޫން ކަމަށާއި، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދިނުމުގެ މަސައްކަތް ހުއްޓައި ނުލައި ކުރިޔަށް ގެންދާކަމަށެވެ. އަދި މިމަހުވެސް 6 ނޫހެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި، މިއަދުވެސް، ނޫހެއް ރަޖިސްޓްރީކޮށްދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވީ، ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ނޫސްތަކުގެ ތެރެއިން މިހާތަނަށް، ރަޖިސްޓްރީކޮށް ނުދެވި އޮތީ، 2 ނޫހެއްކަމަށެވެ.

ރަޖިސްޓްރީ ނުކުރާ ނޫސްތަކެއް ކަމަށް ބުނެ ސަރުކާރުން އަންގައިގެން ނިމުނު ހަފްތާގެ ތެރޭގައި ބައެއް އޮންލައިން ނޫސްތަކަށް ރާއްޖެއިން ނުވަދެވޭނެހެން ސަރުކާރުން ވަނީ ބްލޮކްކޮށްފައެވެ. އަދި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ނޫހެއް ކަމުގައިވާ ފުރަތަމަ އޮންލައިންވެސް ސަރުކާރުން ބްލޮކްކުރި ނިއުސް ވެބްސައިޓްތަކުގެ ތެރޭގައި ހިމެނުނު އިރު، ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއި ފިއްތުންތަކާއި ގުޅިގެން ފަހުން ވަނީ އަންބްލޮކްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.