Advertisement

ފޮޓޯ: ސޯޝަލް މީިޑިއާ

25 Dec 2023
ޚަބަރު

ކުރިއަށް އޮތް 6 މަހުގެ ތެރޭގައި ބިދޭސީން މެޑިކަލް ޗެކަޕް ހަދަންޖެހޭ ގޮތައް ނިންމައިފި

ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވޭތުވެދިޔަ އަހަރުގައި މެޑިކަލް ޗެކްއަޕް ހަދާފައިނުވާ މީހުން، ކުރިއަށް އޮތް 6 މަހުގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހަދަންޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް ވިދާޅުވީ ރާއްޖޭއިން ނައްތާލާފައިވާ ބަލިތައް ބިދޭސީންގެ ފަރާތުން ފެންނާތީ މިގޮތަށް ނިންމީ އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވޭތުވެދިޔަ 1 އަހަރު ތެރޭގައި މެޑިކަލް ޗެކްއަޕެއް ހަދާފައި ނުވާ މީހުން، 6 މަސް ދުވަހުގެ ތެރޭގައި ޗެކްއަޕް ހަދައި ނިންމަންޖެހޭނެ ކަމަށެވެ.

މެޑިކަލް ޗެކްއަޕްގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ބިދޭސީން ރާއްޖެ އަންނަ އިރު، އޮން އެރައިވަލް އަދި މަދުވެގެން އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕް ހަދަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކްއަޕް ހެދުމަށް ބިދޭސީންނަށް މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަ ކުރުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި ހާއްސަކޮށް އެންޑެމިކް ސަރަހައްދުތަކުން އަންނަ ބިދޭސީން ވިސާ އެކްސްޓެންޑް ކުރަން ބޭނުންވާނަމަ ނުވަތަ އައު ކުރާ ނަމަވެސް، މެޑިކަލް ޗެކްއަޕް ހަދަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.