Advertisement

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ---

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދަރިވަރުންނަށް އޮތް 750 ޑޮލަރު ލިމިޓް 1250 ޑޮލަރަށް މަތިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ރާއްޖެއިން ބޭރުގައި، ދިރިއުޅޭ ކިޔަވާކުދިންނަށް މިހާރު ދޭ، 750 ޑޮލަރު ލިމިޓް 1250 ޑޮލަރަށް މަތިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ނާޒިމް ވިދާޅުވީ، އެ ނިންމުމާއި ގުޅޭގޮތުން ނިންމަވަން ޖެހޭ އިދާރީ ޓެކްނިކަލް މަސައްކަތްތައް, ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އެމްއެމްއޭއާ ގުޅިގެން ކުރިއަށްގެންދިޔުމަށްވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިކަމަށެވެ. އަދި މިކަން ތަންފީޒްވެގެން ދިޔުމަކީ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމުގައި އޭނާ ނާޒިމް ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަގުތަކީ މިހާރުގެ ކާޑުގެ ލިމިޓް މުޅިން އުވާލެއްވުމެވެ. އެހެންކަމުން ނާޒިމް ވިދާޅުވީ، މަރުހަލާތަކަކަށް ބަހާލައިގެން އެ ލަނޑުދަނޑި ހާސިލްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން މިބަދަލު ގެންނާނީ 1 ފެބުރައަރީން ފެށިގެން ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.