Advertisement

ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ހަތަރު ސިޔާސީ ޕާޓީއެއްގެ އެންމެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުން ---

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހަމައެކަނި މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައީސް މިއަދު ބައްދަލުކުރެއްވުމަކީ އިއްތިފާޤެއް: ތަރުޖަމާނު

ހަމައެކަނި ރާއްޖޭގެ ހަތަރު ސިޔާސީ ޕާޓީއެއްގެ އިސްވެރިންނާއި ރައީސް ޑރ. މުއިއްޒު މިއަދު ބައްދަލުކުރެއްވި އިރު، އެބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށްވީކަމީ އިއްތިފާޤެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްު މިއަދު ބައްދަލު ކުރައްވާފައި ވަނީ، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ ފިޔަވައި، ރައްޔިތުންގެ މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ އެޕާޓީތަކުގެ އެންމެ އިސްވެރިންނާއެވެ. މިގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙަސަން ލަޠީފާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިއްބެވި ރާއްޖޭގެ ހަތަރު ސިޔާސީ ޕާޓީއެއްގެ އެންމެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އިރު، މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމަށް ބޭނުންވާ ވޯޓު އެމްޑީޕީއަށް އެކަނި މިހާރު ހަމަވެފައި ވާތީ، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރައްވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުވުމަށް ނުވަތަ އުވާލެއްވުމަށް މަސައްކަތް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ދަނީ ފެތުރެން ފަށާފައި ވަނިކޮށެވެ.

ބައްދަލުކުރެއްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ކަންކަމާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވުނުތޯ ސުވާލު ދެންނެވުމުން ޝަހީބު ވިދާޅުވީ، އެބައްދަލުވުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރި ޚަބަރުަގައި އެ މައުލޫމާތު ހުންނާނެ ކަމަށާއި، އެއަށްވުރެ އިތުރަށް އެއްވެސް މަޝްވަރާއެއް ކުރެވުނުކަން އެނގިވަޑައިނުންގަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ޚަބަރުގައި ވަރަށް ޚުލާސާ ގޮތެއްގައި ބުނެފައި ވަނީ، ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ގުޅޭ ގޮތުން އެބޭފުޅުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވި ކަމަށެވެ.

މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިންނާއިއެކު ބޭއްވެވި މި ބައްދަލުކުރެއްވުންތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ ހަތަރު ސިޔާސީޕާޓީއެއްގެ އެއްމެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވީ، ޤައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކަމަށެވެ. އެގޮތުން ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ދާޚިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ޤައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.