މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
25 Jan 2024
ޚަބަރު
ކަނޑިމަ ރިޒޯޓުގެ ފުއްޓަރު މަތިން ފެނުނު ކިނބުލެއް އެމްއެންޑީއެފުން ހިފައިފި
އެމްއެންޑީއެފުން ވިދާޅުވީ، ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ހިފައި މިހާރު އޭތި އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ބުދަ ދުވަހު ހަވީރު 16:08 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
23 Jan 2024
ޚަބަރު
ޑިންގީއެއް ބަންޑުންވެ ކަނޑުވި ދެމީހަކު ސަލާމަތްކޮށްފި
އެމްއެންޑިއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ، މިރޭގެ، 22:23 ހާއިރުކަމަށެވެ. އަދި އެވަގުތުން ފެށިގެން، ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެމީހުންނާއި ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
22 Jan 2024
ޚަބަރު
ސިފައިންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް، ޑިފެންސް މިނިސްޓްރީ އާ އެމްއެންޑީއެފްގެ ވެބްސައިޓުން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާލޭގައި ހުންނަ ސިފައިންގެ މައިމަރުކަޒުންނާއި އަތޮޅުތަކުަގައި ހުރި އެމްއެންޑީއެފްގެ ސަރަޙައްދީ ކޮމާންޑް ސެންޓަރު ތަކުންނާއި އޮންލައިންކޮށް އަދި އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ބަލައިގަންނާނެއެވެ.
21 Jan 2024
ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސް ޔޫއޭއީއަށް ވަޑައިގެންފި
އެމްއެންޑީއެފުން ވިދާޅުވީ، މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް ސީ ފޯ ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އެހެން ނަަމެސް މިދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑިއެފުން ހާމައެއް ނުކުރެއެވެ.
17 Jan 2024
ޚަބަރު
މާލޭގެ ރެސްޓޯރެންޓެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ
16 Jan 2024
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
ރާއްޖޭގެ އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި
އެމިނިސްޓްރީގެ ބަޔާނުގައި ހަމައެކަނި ބުނެފައި ވަނީ، އަސްކަރިއްޔާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށެވެ.
15 Jan 2024
ޚަބަރު
އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި
ދެޤައުމުގެ އިސް ބޭފުޅުން ހިމަނައިގެ އެކުލަވާލާފައިވާ މަތީފެންވަރުގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. މި މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވާނީ އިންޑިއާގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވީ ނަމަވެސް، ފުރަތަމަ ބައްދަލުވުމަށްފަހުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އެވާހަކަ ހިމަނާފައެއް ނުވެއެވެ.
14 Jan 2024
ޚަބަރު
ލިޓަސްއިން އެމްއެންޑީއެފަށް 3 ސައިކަލު ހަދިޔާކޮށްފި
އެމްއެންޑީއެފުން ވިދާޅުވީ، ލިޓަސް އޮޓޯ މޯބައިލްގެސް ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސައިކަލްތައް އެމްއެެންޑީއެފާއި ހަވާލުކޮށްދެއްވީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރ، އަޙްމަދު ޒާހިރުކަމަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަރާތުން ސައިކަލްތަކާ ހަވާލުވެލެއްވީ މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.
12 Jan 2024
ޚަބަރު
ފެންބޮޑުވުމާއި ގުޅިގެން މާލޭގެ 8 ގެއަކުން 57 މީހުން ވަނީ ވަގުތީ ހިޔާވަހިތަކަށް ބަދަލުކޮށްފައި: އެންޑީއެމްއޭ
އެއޮތޯރިޓީން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއްވެގެން ރިޕޯޓްކުރަމުން ދަނީ ވެރިރަށް މާލެއިން ކަމަށެވެ. މިގޮތުން، 144 ގެއަކުން އެހީތެރިކަމަށް އެދުނު ކަމަށާއި، 91 ގެއެއްގައި ވެލި ބަސްތާތައް ޖެހިފައިވާ ކަމަށެވެ.
12 Jan 2024
ޚަބަރު
ވެހޭ ބޯވާރޭގެ ސަބަބުން ފެންގަނޑު އަޑިކޮށްނުލެވި ސިފައިން ފެން ހިންދުމުގައި 12 ގަޑިއިރު
10 Jan 2024
ޚަބަރު
ބޯކޮށް ވާރޭވެހި މިއަދު ފެންބޮޑުވި ނަމަވެސް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތް
މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާން ފެށުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ މަގުތަކުން ފެންހިންދުމުގެ މަސައްކަތާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައެވެ. އަދި މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ފެންގަނޑުތައް ހިންދާލެވިފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
06 Jan 2024
ޚަބަރު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖެއާ ކައިރީގައި އެއްވެސް ހަމަލާއެއް ދީފައެއް ނުވޭ: އެމްއެންޑިއެފް
އެމްއެންޑީއެފުން ބުނީ، މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުންބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާތީއާއި، މިފަދަ ކަމެއް ރާއްޖެއާއ ކައިރިން ހިންގިކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ކަނޑުގެ ސަރަހައްދާއި ކައިރިން އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްކަމަށް ނުބެލެވޭ ކަމަށެވެ.
03 Jan 2024
ޚަބަރު
ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން މިމަހު ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުު ނުކުރެވޭނެކަން އަންގައިފި
ސަރުކާރުގެ އިސްބޭފުޅަކު، ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވީނަމަވެސް، ދައުލަތުގެ މާލީ ޙާަތު ހުރިގޮތުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުން ވަނީ ތިން މަހަށް ފަސްކޮށްފައި ކަމަށެވެ. މިގޮތުން އައު ޕޭ ފްރޭމްވޯކަށް ޢަމަލުކުރުމަށް މިހާރު ސަރުކާރުން ނިންމާފައި ވަނީ މާރިޗު މަހުން ފެށިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
02 Jan 2024
ޚަބަރު
ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު ޢަބުދުﷲ މަޤާމުން ރިޓަޔަރ ކުރައްވައިފި
އެމްއެންޑީއެފްއިން ވިދާޅުވީ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲގެ 31 އަހަރު ސިފައިންގެ ޚިދުމަތުގައި ދެމިހުންނެވި އިރު، އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައި ކަމަށެވެ.
01 Jan 2024
ޚަބަރު
މާލެއިން ތ އަތޮޅަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުން ދަނިކޮށް ސަލާމަތްކޮށްފި
އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫއިން ފުރައިގެން އެސަރަހައްދަށް ދަތުރުކޮށް ލޯންޗުގައި ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ލޯންޗު ތ. ބުރުނީ ފަޅަށް ވައްދައިދީފައި ކަމަށެވެ.
31 Dec 2023
ޚަބަރު
ވިއްސާރައިގައި ލިބުނު ގެއްލުންތައް ރައީސް ބައްލަވާލައްވައިފި
ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި ވަނީ، އެގެތަކަށް ލިބުނު ގެއްލުންތައް ބައްލަވާައްވައި، އެގޭގޭގައި ދިރިއުޅޭ މީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ފޯރުކޮށްދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.