Advertisement

ރޯވި އައުޓްޑޯރ ޔުނިޓް -- ފޮޓޯ: ނޫން

26 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފްލެޓެއްްގެ އައުޓްޑޯ ޔުނިޓުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު 13:10 ހާއިރުގައި މިހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފްލެޓް 160ގެ ތިންވަނަ ފަންގިފިލާގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. މިހާދިސާގައި އައުޓްޑޯ ޔުނިޓްގައި ރޯވެ ވިރިގެން ފޭބި ޕްލާސްޓިކް ތަކުން އެ ފްލްޓް އިމާރާތުގެ ތިރީގައި އެއްކޮށްފައި ހުރި ކުނިތަކެއްގައިވެސް ރޯވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި ފްލެޓް ޢިމާރާތަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާދިސާ ރިޕޯޓް ކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެމްއެންޑިއެފްގެ ހުޅުމާލެ ފަޔަރ ސްޓޭޝަނުންގެ ފަޔަމަނުން ވަނީ ރޯވި އަލިފާން ނިވާލާފައެވެ.

ރޯވެފައި ވަނީ އޮކްސް ބްރޭންޑްެ އައުޓްޑޯ ޔުނިޓެއްގައެވެ. ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްވެ އައުޓްޑޯ ޔުނިޓްގައި ރޯވެގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.