މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
28 Dec 2023
ޚަބަރު
އިއްޔެ ކުރި ވިއްސާރައިގައި އަައްޑޫ ސިޓީގެ 97 ގެއަކަށް ފެނުގެ އަސަރުކުރި
މިގޮތުން، އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ފެންބޮޑުވެ އެންމެ ގިނަ ގޭގެއަށް ފެންވަދެފައި ވަނީ އައްޑޫ ސިޓީ ފޭދޫގައެވެ. ފޭދޫގެ 60 ގެއަަކަށް ފެންވަނެވެ. މީގެ އިތުރުން، މަރަދޫގެ 13 ގެއަކަށާއި، މަރަދޫ ފޭދޫގެ 5 ގެއަކަށާއި، ހިތަދޫގެ 9 ގެއަކަށާއި، ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫގެ 10 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާ ކަމުގައި ވަނީ ރިޕޯޓްކޮށްފައެވެ.
25 Dec 2023
ޚަބަރު
ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް، މިހާތަނަށް ހަތަރުހާސް އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި
ރައްޓެހިންތަކަކާއި އެކު އައްޑޫސިޓީ ގަމުގެ ފަރުމައްޗަށް އިހިނަގަން ގޮސް އުޅެނިކޮށް ނައީޝް ގެއްލުނުކަން ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 22:10 ހާއިރުގައެވެ. އޭނާ ގެއްލުނު ފަހުން 5 ދުވަސްވެފައި ވާއިރު އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
24 Dec 2023
ޚަބަރު
އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑޯނިއާ ފްލައިޓާއި ހެލިކޮޕްޓަރުތައް ބޭނުން ނުކުރުމުން އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފި
އެމްޑީޕީީގެ ބަޔާނުގައި އިޝާރާތްކޮށްފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ސަވައިލެންސް ޑޯނިއާ މތިންދާ ބޯޓަށާއި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަށެވެ. ރާއްޖޭގައި ސަވައިލެންސާއި، ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް ޚާއްސަކޮށްފައިވާ އެއުޅަނދުތައް، އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގައި ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
24 Dec 2023
ޚަބަރު
އެން.ސީ.ޓީ.ސީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ވައިޘް ވަޙީދު
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، އެން.ސީ.ޓީ.ސީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިޘް ވަޙީދު އައްޔަނުކުރައްވައިފިއެވެ.
24 Dec 2023
ރިޕޯޓް
އައްޑޫއިން ގެއްލުނު ޒުވާނާ ހޯދުމަށް ޑޯނިއަރ ފްލައިޓް ބޭނުން ނުކުރާ ސަބަބާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކޮމެންޓެއް ނެތް
ނައީޝް ގެއްލުނުތާ މިއަދަށް 3 ދުވަސްވެފައި ވާއިރު އެމްއެންޑީއެފުން މިހާތަނަށް ކުރި މަސައްކަތުން އެޒުވާނާ ފެނިފައެއް ނުވެއެވެ. ނައީޝް ހޯދުމުގެ މަސައްކަތުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރުތައް ބޭނުން ނުކުރާ ސަބަބަކީ، ކޮބައިތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ.
23 Dec 2023
ޚަބަރު
ނައީޝް ގެއްލުނުތާ 2 ދުވަސް، ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި
ނައީޝް ގެއްލުނުތާ 2 ދުވަސް ވީއިރު، އެމްއެންޑިއެފުން ބުނީ، އޭނާ ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.
23 Dec 2023
ޚަބަރު
ޑައިވްކޮށްގެންނާއި ވައިގެ މަގުންވެސް ބަލައިފި، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އެމްއެންޑީއެފުން ބުނީ، މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފައި ކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ފްލައިން ސްކޫލުގެ ކުޑަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެމަގުން އެސަރަހައްދު ވަނީ ބަލާފައެވެ.
22 Dec 2023
ޚަބަރު
އިހި ނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ
އެމްއެންޑިއެފުން ހާމަކުރައްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް(18އ)އެވެ. އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތުން އުރަފަށަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށް އޭނާ ގެއްލުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ، ރޭ 22:10 ހާއިރުގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
18 Dec 2023
ޚަބަރު
އެމްއެންޑީއެފްގެ ހާއްސަ ތަމްރީންތަކެއް ހުޅުމާލޭގައި
މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްއިން ހުޅުމާލޭގައި ހަތިޔާރާއިއެކު ތަމްރީންތަކެއް ފަށައިފިއެވެ. މި ތަމްރީންތައް ގާތްގަނޑަކަށް 2 މަސް ދުވަހަށް ކުރިއަށްގެންދާނެކަމަށް ވަނީ ބުނެފައެވެ.
16 Dec 2023
ޚަބަރު
މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް
"ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ދޯނި ދަތުރުކުރީ ކ. ތުލުސްދޫން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރުމަށެވެ.
14 Dec 2023
ޚަބަރު
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފުން ހިންގާ އަހަރީ ތަމްރީނު ފަށައިފި
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)ގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންތަކާއި ހައިރައިޒާސް ސްޓޭންޑަރޑްސް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) އަށް އަހުލުވެރިވުމަށް ކުރިޔަށް ގެންދާ މިތަމްރީންތައް ފެށުމުގެ ގޮތުން މިއަދު މާލޭ ފަޔަރ ސްޓޭޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
13 Dec 2023
ޚަބަރު
30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވުމަށްފަހު 2 މޭޖަރ ޖެނަރަލަކު ރިޓަޔަރކުރައްވައިފި
އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި 2 މޭޖާ ޖެނަރަލަކު އެ ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.
13 Dec 2023
ޚަބަރު
ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި
07 Dec 2023
ޚަބަރު
ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ
ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ފިރިހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
03 Nov 2023
ޚަބަރު
މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތްކޮށްފި
މާލޭގެ އަމީނީ މަގާއި އައިޖީއެމްއެޗް ސަރަހައްދުގައި ވިއްސާރަ މޫސުމުގައި އާއްމުކޮށް ބޮޑަށް ފެންބޮޑު ވާތީ، އެސަރަހައްދުގައި ވަނީ ސްޓޯމްވޯޓަރ ޕަމްޕްތައްވެސް ބަހައްޓާފައެވެ. އެހެން ނަމަވެސް މިއަދު މާލޭގެ މަގުތަކުގައި ފެންބޮޑުވީ، ސްޓޯމްވޯޓަރ ޕަމްޕްތަކަށް އޮބި ނޯންނަ ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.
20 Oct 2023
ޚަބަރު
ހައްދުންމަތީގެ 12 ރަށެއްގައި އެމްއެންޑީއެފްގެ ތަމްރީންތަކެއް
ހައްދުންމަތީގެ ބައެއް ރަށްތަކުގައި އެމްއެންޑީއެފްއިން އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ. އެންއެންޑީއެފްއިން ބުނީ މި ތަމްރީންތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 އަށްކަމަށެވެ.