Advertisement

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ --

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑޯނިއާ ފްލައިޓާއި ހެލިކޮޕްޓަރުތައް ބޭނުން ނުކުރުމުން އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފި

އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑޯނިއާ ފްލައިޓާއި ހެލިކޮްޓަރުތައް ބޭނުން ނުކުރާތީ އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ، މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނާއިޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިޙްމާލުވަމުންދާތީ އެކަމާއި މެދު ކަންބޮޑުވާކަމަށެވެ. އަދި ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެޕާޓީން ދެކޭ ގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެެވެ.

އެމްޑީޕީީގެ ބަޔާނުގައި އިޝާރާތްކޮށްފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ސަވައިލެންސް ޑޯނިއާ މތިންދާ ބޯޓަށާއި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަށެވެ. ރާއްޖޭގައި ސަވައިލެންސާއި، ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް ޚާއްސަކޮށްފައިވާ އެއުޅަނދުތައް، އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގައި ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ މި ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.އަދި ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއްކަމުަގއިވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް، މިހާރު ހުރި ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއްކަމުގައި ދެކޭކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ، ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، ނާއިޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

 ނައީޝް ހޯދުމަށް  ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން އެންމެ ފަހުން އެމްއެންޑީއެފުން މައުލޫތު ހާމަކުރީ ރޭގެ 23:24ގައެވެ. އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެހާތަނަށް ކުރެވުނު މަސައްކަތުން، ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލުނު ކަމަށެވެ.

އައްޑޫ ސިޓީ، ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18އ) ގެއްލިގެން ހޯދަމުން އަންނަތާ 72 ގަޑިއިރު ވީއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.