Advertisement

އެމްއެންޑީއެފްގެ ފަޔަރ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފުން ހިންގާ އަހަރީ ތަމްރީނު ފަށައިފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)ގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުަމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސަސައިޒް ޖައްރާފާ ފަށައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)ގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންތަކާއި ހައިރައިޒާސް ސްޓޭންޑަރޑްސް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) އަށް އަހުލުވެރިވުމަށް ކުރިޔަށް ގެންދާ މިތަމްރީންތައް ފެށުމުގެ ގޮތުން މިއަދު މާލޭ ފަޔަރ ސްޓޭޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެމްއެންޑީއެފް އެފްއާރުއެސްގެ ހުރިހާ ދާއިރާތަކެއްގައި މަސައްކުރާ ފަޔަރ ފައިޓަރުން ހިމެނޭހެން ކުރިއަށްގެންދާ މި އެކްސަސައިޒްގައި އެފްއާރުއެސްގައި ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކުރުވުމަށް، ތަފާތު ތަމްރީނުތަކާއި ޓޭބަލް ޓޮޕް އެކްސަސައިޒްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މީގެ އިތުރުން އުސް އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ފަރިތަކުރުންތައް ވެސް އެކްސަސައިޒްގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

މި އެކްސަސައިޒްގެ މައިގަނޑު ތަމްރީންތައް ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ހުޅުމާލޭ ހިޔާ ޓަވަރުތަކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.