އިންޑިއާގެ ސިފައިންގެ ބަދަލުގައި، އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވުމަށް އިންޑިއާއިން މީހުން ފޮނުވައިފި
ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ، ހެލިކޮޕްޓަރު ދުއްވުމަށް އެޤައުމުން ފޮނުވާ ސިފައިން ކަމުގައި ނުހިމެނޭ އިންޑިއާގެ އާއްމު ކްރޫ މާލެ އައީ މިއަދު ހަވީރު ކަމަށެވެ. އަދި އެޓީމް މިރޭ އައްޑޫ ސިޓީއަށް ގޮސް، ހޭޑް އޯވަރ އަދި ޓޭކް އޯވަރ މަސައްކަތްތައް ފަށާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.