Advertisement

ބަންޑިން ޖަހާލި ލޭންޑިން ކްރާފްޓް --

30 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ގެއްލުނު މީހާ އޭގެ ދަށުން ފެނިއްޖެ

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ އޭގެ ދަށުން ފެނިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު މީހާ، އޭނާ ހޯދުމުގައި މަސައްކަތް ކުރި އެމްއެންޑިއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައި ވަނީ، އެ އުޅަނދުގެ ދަށުން ކަމަށެވެ. ފެނުނު އިރު އެމީހާގެ އެއްވެސް ހަރަކާތެއް ނެތްކަމަށާއި އެމީހާ މިހާރު، ކ ކާށިދޫ ސިއްޙި މަރުކަޒަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ މަރުވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދެވޭނީ ޑޮކްޓަރުން އެމީހާގެ ހަށިގަނޑު ބެއްލެވުމަށްފަހުގައި ކަމަށެވެ.

ރޭ މިހާދިސާ ހިނގި އިރު އެލޭންޑިންގ ކްރާފްޓްގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން 4 މީހުން ފެނިފައި ވަނީ ކަނޑުމަތިން އޮޔާދަނިކޮށެވެ. އެހަތަރު މީހުން ވަނީ، ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ.

ހާދިސާ ހިނގި ގޮތާއި ގުޅޭ ގޮތުން މިހާތަނަށް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިދުވަސް ވަރަކީ ރާއްޖެއަށް މޫސުމް ވަރަށް ގޯސް ދުވަސްވަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.