Advertisement

ރާއްޖެއަށް އައި ތުރުކީ ސިފައިންގެ މަނަވަރު --

30 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ތުރުކީ ސިފައިންގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

ތުރުކީ ސިފައިންގެ އަސްކަރީ މަނަވަރެއް މިއަދު މާލެއަށް ބަނދަރުކޮށްފިއެވެ.

އެމްއެންޑިއެފްއިން ވިދާޅުވީ، ތުރުކީ ސިފައިންގެ އަސްކަރީ މަނަވަރު ރާއްޖެއަށް އައިސްފައި ވަނީ ދެޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމުގެ ދަތުރެއްގައި ކަމަށެވެ. މާލެއަށް މިއަދު ބަނދަރުކުރި ތުރުކީގެ އަސްކަރީ މަނަވަރުގެ ނަމަކީ، ޓީސީޖީ ކިނަލާޑާ (TCG Kınalıada) ކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މަނަވަރުގެ ސިފައިންނާއި ދިވެހި ސިފައިންގެ މެދުގައި ކުރިޔަށް ގެންދާނެ ހަރަކާތްތަކުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމަކުރައްވާފައެއް ނުވެއެވެ.

ތުރުކިޔޭއަކީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ ގޮތެއްގައި ޚާރިޖީ ގުޅުންތައ ްބަދަހިކޮށްފައިވާ ޤައުމެކެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ތުރުކިޔޭއަށް ކުރެއްވި އިރު، ރާއްޖޭގެ އަސްކަރީ ޤާބިލްކަން އިތުރު ކުރެއްވުމަށް ތުރުކީ ސަރުކާރާއިއެކު މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ހޯދާފައިވާ، ޑްރޯންތައްވެސް ގަނެފައި ވަނީ ތުރުކީންނެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތަކަށް ބޭނުންވާ މީހުން ބިނާކޮށް، ޤާބިލްކަން އިތިރުކުރެއްވުމަށް ދިވެހި ސިފައިންގެ އޮފިސަރުން ތުރުކީއަށް ފޮނުއްވައިގެން ގެންދަވަނީ ތަމްރީންތައް ދެއްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.