Advertisement

ރާއްޖޭގެ ކޯސްޓްގާޑް ---

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްދޯނިތަކަށް އެރިސަބަބު ހޯދަން ޚާރިޖިއްޔާ މެދުވެރިކޮށް ވާނީ އެދިފައި: ޑިފެންސް

ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް، ކަމާގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި، ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާ އަސްކަރިއްޔާގެ ސިފައިން އަރައި، ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދިނުމަށް ދިވެހި ޚާރިޖިއްޔާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ޚާއްސަ ޢިޤުތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ، ދިވެހި މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އާއި، އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253ގައި ތިބި ސިފައިން ކަމަށެވެ. މިގޮތުން ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ކަމަށާއި އެއީ، އަސުރުމާ -3، މާހޯރަ 3 އަދި ނިރު 7 ކަމަށާއި އެދޯނިތަކަށް އިންޑިއާ ސިފައިން އެރީ، ރާއްޖޭގެ ސަރަހައްދުގައި، ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ވަނީ، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރުމުގައި ސާބިތުކަމާއި އެކު ދެމިތިބުމަށް މަސްވެރިންގެ ކިބައިން އެދިފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި ދިވެހި އަސްކަރިއްޔާއިން ދެމި އޮންނާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސަރަހައްދުގައި ރާއްޖޭގެ ތިން މަސްދޯންޏަކަށް، އިންޑިއާ ސިފައިން އެރިކަމަށް ރިޕޯޓްކުރުމާއި ގުޅިގެން، ކޯސްޓްގާޑު ޝިޕް ޝަހީދު އަލީ އެސަރަހައްދަށް ދިޔައިރު، މަސްދޯނިތަކަށް އެރުމަށްފަހު އިންޑިއާގެ ކޯސްޓްގާޑުގެ ދެ މަނަވަރު ވަނީ ރާއްޖޭގެ ސަރަހައްދުން ނުކުމެގެން ގޮސްފައި ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.