Advertisement

އެމްއެންޑީއެފްގެ ހާބަރކްރާފްޓް އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް، މިހާތަނަށް ހަތަރުހާސް އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

 މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނާއިޝް ހޯދުމުގެ މަސައްކަތުގައި، މިހާތަނަށް 4,743 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް، ވަޔާއި ކަނޑާއި އަދި ޑައިވްކޮށްގެން ބަަލާފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

މިގޮތުން ވައިގެ މަގުން، 3602 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަތިން، 1140 އަކަ ނޯޓިކަލް މޭލް އަދި ޑައިވްކޮށްގެން، 1 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމުގައި، އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރައްޓެހިންތަކަކާއި އެކު އައްޑޫސިޓީ ގަމުގެ ފަރުމައްޗަށް އިހިނަގަން ގޮސް އުޅެނިކޮށް ނައީޝް ގެއްލުނުކަން ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 22:10 ހާއިރުގައެވެ. އޭނާ ގެއްލުނު ފަހުން 5 ދުވަސްވެފައި ވާއިރު އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. 

އޭނާ ހޯދުމުގެ މަސައްކަތުގައި ދައުލަތަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުން ނުކުރާތީ އެކަމަށް ސިޔާސީ ފަރާތްތަކުންނާއި އާއްމުންވެސް ވަނީ ފާޑުކިޔާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.