Advertisement

ފެން ހިންދުމުގެ މަސައްކަތުގައި ފަޔަރ ލޮރީތައް ބޭނުން ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

12 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވެހޭ ބޯވާރޭގެ ސަބަބުން ފެންގަނޑު އަޑިކޮށްނުލެވި ސިފައިން ފެން ހިންދުމުގައި 12 ގަޑިއިރު

މާލެއަށް ވެހޭ ބޯވާރޭގެ ސަބަބުން ފެންބޮޑުވުން ހުއްޓުވުމަށް ސިފައިން ފެން ހިންދުމުގައި މެދު ނުކެނޑި މަސައްކަތް ކުރާތާ 12 ގަޑިއިރުވެއްޖެއެވެ.

ހެނދުނުން ސުރެ މާލެއަށް ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މާލޭގައި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައިވެސް ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ.

ހެނދުނުން ފެށިގެން ޕަންޕުތައް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން ދާއިރު، ވާރޭ ވެހޭލެއް ބޯކަމުން ބައެއް ސަރަހައްދުތަކުން ފެންގަނޑުތައް އަޑިކޮށްލޭ އިރަށް އަނެއްކާ ފެންބޮޑުވެއެވެ. މިގޮތުން ހާލަތު އެންމެ ބޮޑަށް ގޯސްވެފައި ވަނީ މާފަންނުގެ ސަރަހައްދުތަކުގައެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 9:30 އާ ހަމައަށްވެސް ސިފައިން، މާލޭގެ 8 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން ފެން ހިންދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިރޭގެ 9 ޖެހުމާއި ހަމައަށް،  13875 ޓަނުގެ ފެން ބޭރު ކުރެވުނު ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ނުކުމެ 20 ވުރެ ގިނަ ގޭގޭގައި ވެލިބަސްތާ ޖަހައިދީފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މާލޭގައި އެންމެ ބޮޑަށް ކުރިން ފެންބޮޑުވަމުން އައީ، އަމީނީ މަގުގައި ކަމަށް ވާއިރު، އެމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ނިމުނީ ބުދަ ދުވަހުއެވެ. ތާރު އަޅައިގެން އެމަގު ޒަމާނީ ފެންވަރަށް ހެދި ނަމަވެސް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.