Advertisement

ދިޔަވެ އަޑިޔަށް ދަނިކޮށް ސަލާމަތްކުރި ލޯންޗު --

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއިން ތ އަތޮޅަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުން ދަނިކޮށް ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި “އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް، ފަޅައިގެންގޮސް ދިޔަވަމުން ދަނިކޮށް ސަލާމަތްކޮށްފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު ކަމަށާއި، ލޯންޗު ފަޅައިގެން ދިޔައީ ކޮޅުމަޑުލު ބުރުންނާއި 4 ނޯޓިކަލްމޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫއިން ފުރައިގެން އެސަރަހައްދަށް ދަތުރުކޮށް ލޯންޗުގައި ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ލޯންޗު ތ. ބުރުނީ ފަޅަށް ވައްދައިދީފައި ކަމަށެވެ.

އަދި ހާދިސާ ހިނގި އިރު ލޯންޗުގައި 16 މީހުން ތިބި ކަމަށާއި، އެންމެގެ ހާލުވެސް ރަނގަޅުކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދުވަސްވަރަކީ ވިއްސާރަ އަދި ކަނޑުތައް ގަދަ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.