މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
21 Aug 2024
ޚަބަރު
ބުޅާމަހުން ކާބޯތަކެތި ހެދިކަމަށް ބެލެވުނު އަރަފާތުގެ ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ލިސްޓެއް!
ހަދާފައިވާ ފޭކް ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ޙިއްޞާކުރައްވައި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވެސް ވަނީ އެއީ އިމިގްރޭޝަންގެ ޕޯސްޓެއް ނޫންކަމުގައި ކަށަވަރުކޮށްދެއްވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ޞައްޙަ ފޮޓޯއެއް ނޫން ކަމަށާއި އެ ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
21 Aug 2024
ޚަބަރު
ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު އިމިގްރޭޝަނާއި ހަވާލުކޮށްފި
ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އަރަފާތު ޙުސައިން (32އ) މާލެއިން އިއްޔެ ހެނދުނު ހައްޔަރު ކުރުމަށްފަހުގައި އޭނާ، އިއްޔެ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އޭނާ އިމިގްރޭޝަނާއި ހަވާލުކުރި ސަބަބެއް ފުލުހުންގެ އިދާރާއިން ވިދާޅެއް ނުވެއެވެ. އޭނާ އާއި ދެކޮޅަށް، ޖަނަވާރާއި ބެހޭ މިނިސްޓްރީންވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ.
20 Aug 2024
ޚަބަރު
ބުޅަލު މަހުގައި ކާބޯތަކެތި ހަދައި ވިއްކާކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ހައްޔަރުކޮށްފި
އަރަފާތުގެ މައްސަލަ ޖަނަވާރާއި ބެހޭ ވުޒާރާއިންވެސް އިއްޔެ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުންވެސް ދިޔައީ ކުރަމުންނެވެ.
19 Aug 2024
ޚަބަރު
ދިވެހިންނަށް ޚާއްޞަކުރި އެސްއެމްއީ ހަބްގައިވެސް ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަނީ
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެސްއެމްއީ ހަބްގެ ސްޓޯލްތަކުގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުން ދިޔަކަމުގެ ރިޕޯޓްކޮށްފައި ވަނީ، "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށެވެ.
19 Aug 2024
ޚަބަރު
މާލޭގައި ބިދޭސީއަކު، ބުޅާމަހުގައި ބާގާ އާއި ސަބްމެރިން ހަދައިގެން ވިއްކިކަން ފަޅާއަރައިފި
އިމިގްރޭޝަނުން ހޯދަން އިއުލާނުކޮށްފައި ވަނީ، އަރަފާތު ޙުސައިން ނަމަކަށް ކިޔާ، އުމުރުން 32 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
18 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅުނު 22 ބިދޭސީން އިއްޔެވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ
އިމިގްރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައި ވަނީ، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައެވެ.
13 Aug 2024
ޚަބަރު
ބުދަ ދުވަހު ސަރުކާރު ބަންދު ވިޔަސް، ޕާސްޕޯޓު ހިދުމަތް މެދުނުކެނޑޭނެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، 14 އޯގަސްޓު ވާ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފައިވީ ނަމަވެސް، ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
13 Aug 2024
ޚަބަރު
ރާއްޖެއިން ފުރާއިރު އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފި
ރާއްޖެއިން ފުރާ އެއްވެސް ދަތުރުވެރިއަކު ޓްރެވަލަރ ޑެކްލަރޭޝަން ފޯމު (އިމުގާ ފޯމު) ފުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މި ނިންމުން ތަންފީޒު ކުރަން ފަށާނެއެވެ.
08 Aug 2024
ޚަބަރު
ހުޅުމާލެއިން ޗެކްކުރި ބޯކޮށާ ހަ ތަނުގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށްފި
ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ބުދަ ދުވަހު ހިންގި އިންސްޕެކްޝަންގައި ހުޅުމާލޭގެ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށްފިއެވެ.
07 Aug 2024
ޚަބަރު
ބިދޭސީން ބަންދު ކުރަމުން ދިޔަ ޕެކެޓުތަކުގެ ލޭބަލްތައް އިމިގްރޭޝަނުން އާންމުކޮށްފި
ލުއިކާނާގެ ގޮތުގައި ހިމެނޭ ތަކެތި ސާފު ތާހިރުކަން ކުޑަ ތަނެއްގައި ޕެކެޓުކޮށް ވިއްކަމުން ދިޔަ ތަނެއް އަންގާރަ ދުވަހު އިމިގްރޭޝަނުން ރެއިޑުކުރުމާ ގުޅިގެން، އެތަނުގައި ޕެކެޓު ކުރަމުން ދިޔަ ތަކެތީގެ ތަފްސީލު ދިނުމަށް އާންމު ގިނަ ފަރާތްތަކެއް އެދެމުން ދިއުމުން، އެ މައުލޫމާތު އިމިގްރޭޝަނުން ހިއްސާކޮށްފިއެވެ.
02 Aug 2024
ޚަބަރު
މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި
މިކަން ހާމަކޮށް އިމިގްރޭޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓުގައި ބުނީ، މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 6 ބިދޭސީއަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށާއި، އެމީހުން ޑީޕޯޓު ކޮށްލުމަށް ކޮންޓްރޯލާރ ޖެނެރަލް ނިންމަވާފައިވާކަމަށެވެ.
26 Jul 2024
ޚަބަރު
ވަގު ވިސާއެއް ޖަހައިގެން ރާއްޖެއިން ފުރަން އުޅުނު މީހަކު ހިފަހައްޓައިފި
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަފައިވަނީ، 22 ޖުލައި 2024 ގައި ދެނެގަނެވުނު މި މައްސަލައިގައި ހިފެހެއްޓިމީހާ ވަނީ މިހާރު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބިދޭސީއެއްކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
17 Jul 2024
ޚަބަރު
އިމިގްރޭޝަނާ ގުޅުންހުރި މައުލޫމާތު ރިޕޯޓު ކުރުމަށް ޕޯޓަލްއެއް ލޯންޗު ކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އަދި އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތަކާއި މައުލޫމާތު ރިޕޯޓު ކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހު ކޮށްފައި ވަނީ މިއަދު އެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
17 Jul 2024
ޚަބަރު
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފަހައްޓާ ބިދޭސީން ރެގިއުލަރައިޒެއް ނުކުރެވޭނެ: ކޮންޓްރޯލާރ
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، އެފަދަ ފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށްދާ މި ދަނޑިވަޅުގައި ވެސް، ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ގަވާއިދާއި އެއްގޮތަށް ބަދަލުކުރެވޭނެ ކަމަށާއި، ނަމަވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެ ދޮރު ބަންދުވެގެން ދާނެކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.
09 Jul 2024
ޚަބަރު
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ބަންދުކޮށްފި
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިލްސިލާގޮތެއްގައި މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަން ތަކުގައި ރޭ މެންދަމެއްހާ އިރު ހަތަރު މީހަކު ބަންދުކޮށްފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނަކީ މާލޭގައި ކުދި ރީޓެއިލް ވިޔަފާރިތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ބިދޭސީއަކު ހޯދުމަށް ހިންގި އޮޕަރޭޝަނެކެވެ.
08 Jul 2024
ޚަބަރު
ރޭ ވެސް މާލޭގެ ދެ މާރުކޭޓެއް ބަލައި ފާސްކޮށް ބިދޭސީ 6 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ ވަނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ބިދޭސީ 04 ފިރިހެނަކާއި ބިދޭސީ 02 އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.