އާބަންކޯ
އާބަންކޯ
26 Oct 2023
ޚަބަރު
ޖާހު އިންވެސްޓްމަންޓްގެ ގާޑަން ފްލެޓްތައް އާބަންކޯއިން ނިންމަނީ
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ "ދަ ގާޑަން" ފްލެޓްތައް ހަ މަސްތެރޭ ނިންމުމަށް އާބަންކޯ އިން މަސައްކަތް ފަށައިފިއެވެ.
26 Oct 2023
ޚަބަރު
ހަފްތާ ބަންދުގައި ފަލަސްޠީނަށް އެހީވުމަށް ބާއްވާ ގިނަ ހަރަކާތްތަކަކަށް އާބަންކޯއިން އެހީވަނީ
މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯއިން ނިންމައިފިއެވެ.
22 Oct 2023
ޚަބަރު
ދިރާގު ރޯޑްރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ނަގަށް އާބަންކޯއިން އަންގައިފި
އާބަންކޯއިން ބުނީ، 2023 އޮކްޓޫބަރު 27ވާ ހުކުރުދުވަހުގައި އޮންނަ، ދިރާގު ރޯޑު ރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ހުކުރު ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.
11 Oct 2023
ޚަބަރު
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ %70 ހިއްކާ ނިމިއްޖެ
ހުޅުމާލެ 3ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ %70 ހިއްކާ ނިމިފައިވާކަމަށް އާރބަންކޯއިން ވިދާޅުވެއްޖެއެވެ. އާރބަންކޯއިން ބުނީ ހިއްކުމަށް ހަމަޖެހިފައިވާ 10 ހެކްޓަރު އަންނަ ހުކުރުދުވަހު ހިއްކާ ނިމޭނެކަމަށެވެ.
05 Oct 2023
ޚަބަރު
ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހާބަރެކެވެ. މިހާބަރަކީ އެކަށޭނަ ބޮޑުމިނެއްގެ ތަނަކަނުވުމުން، ހުޅުމާލެ ސައުތު ވެސްޓް ހާބަރުގައި ޤާއިމްކުރާ ޑިންގީ ހާބަރުގެ ސަބަބުން ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
26 Sep 2023
ޚަބަރު
އާބަންކޯގެ ޗައިލްޑް ކެއަރ ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ހުޅުވައިދެއްވައިފި
މަސައްކަތު ގަޑީގައި މުވައްޒަފުންގެ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ސެންޓަރެއް އާބަންކޯގައި ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދެވެ. މިތަން ހުޅުވައިދެއްވުމަށްފަހު އެކަމަނާ ވަނީ އެ ސެންޓަރުގައި ތިބި ތުއްތު ކުދިންނާއިއެކު ވަގުތުގޮޅެއް ހޭދަކުރައްވާފައެވެ.
23 Sep 2023
ޚަބަރު
ހުޅުމާލޭގައި އީސްކޫޓަރ ދުއްވުމުގެ ފުރުސަތު އާރބަންކޯއިން ފަހިކޮށްދީފި
ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީސްކޫޓަރ އާރބަންކޯއިން ތައާރަފްކޮށްފިއެވެ. އީސްކޫޓަރ ނުވަތަ ކޮޅަށް ހުރެގެން ދުއްވާ ބެޓެރި ސައިކަލު މާދަމާއިން ފެށިގެން ދުއްވޭނެކަމަށް އާރބަންކޯއިން ބުނެއެވެ.
23 Sep 2023
ޚަބަރު
ގޯތި ދޫކުރުމަށް ހުޅުމާލެ ހިއްކަން ފަށައިފި
ހުޅުމާލެއިން ބިންހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. ހުޅުމާލެ ހިއްކަނީ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
18 Sep 2023
ޚަބަރު
ތިލަފުށި ބިން ހިއްކުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
ތިލަފުށީގެ މާސްޓާ ޕްލޭން ފަރުމާކޮށްފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ޕްލޭނުގެ ދަށުން އާބަންކޯ އިން ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކަން ރާވާފައިވަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ދެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެއީ އޭރިއާ "ސީ" އަދި "ޑީ" އެވެ.
06 Sep 2023
ޚަބަރު
ހުޅުމާލޭ ކޮންޓެއިނަރ ޕާކުގައި ކުދި ވިޔަފާރިތަކަށް ތަރައްޤީކުރި ކޯ-ވޯކިން ސްޕޭސް ހުޅުވައިފި
އާރބަންކޯއިން ހުޅުމާލޭ ކޮންޓެއިނަރ ޕާރކްގައި ތަރައްޤީކުރި ކޯ ވޮރކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ. ކޮންޓެއިނަރ ޕާރކް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރެވެ.
04 Sep 2023
ޚަބަރު
ވިލުނުވެރި ކަނބަލުން: އާންމު ދިރިއުޅުމުގެ ގިނަ ހުނަރުތަކެއް ކަނބަލުންނަށް
އާއްމު ދިރިއުޅުމުގެ ހުނަރުތައް ކަނބަލުންނަށް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިމި ސެޓްފިކެޓް ހަވާލުކޮށްފި އެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އާބަންކޯ އަދި އެމްއައިޓީ ގުޅިގެންނެވެ.
31 Aug 2023
ޚަބަރު
ހުޅުމާލެއިން ދަނޑުބިން ކުއްޔަށް ދިނުމަށް ބިން ދޫކުރުމުގެ 2ވަނަ ބުރަށް ހުޅުވާލައިފި
އަރބަނކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އަރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުންކަމަށެވެ.
23 Aug 2023
ޚަބަރު
ހުޅުމާލޭ ބީޗުން ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރަން ނިންމައިފި
އާބަންކޯ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި، އާބަންކޯގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.
22 Aug 2023
ޚަބަރު
ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތައް ބަލާލެވޭ ޕޯޓަލްއެއް
"ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް" ގެ ނަމުގައި ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާރބަންކޯއިން އިފްތިތާޙުކޮށްފިއެވެ.
21 Aug 2023
ޚަބަރު
ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާ ކުންފުންޏަކަށް
ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއި ހަވާލުކޮށްފިއެވެ.
18 Aug 2023
ޚަބަރު
ހުޅުމާލޭގައި އާންމުންގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތައް ބަދަލުކޮށްފި
ހުޅުމާލޭގައި އާއްމުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް ޢިމާރާތް ކުރެވޭގޮތަށް އާރބަންކޯއިން ޤަވާއިދަށް ބަދަލު ގެނެސްފިއެވެ. އިމާރަތް ކުރުމުގެ ޤަވާއިދަށް ގެނައި ބަދަލާއެކު، ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ގެތައް 10 ފަންގިފިލާއަށް ނުވަތަ 31 މީޓަރަށް ޢިމާރާތް ކުރެވޭނެކަމަށް އާރބަންކޯއިން ބުނެއެވެ.