ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސުވާލާއި ޚިޔާލާއި ޝަކުވާ ސީދާކޮށް އާބަންކޯގެ އެމްޑީއަށް ހުށައެޅޭނެ މަގުފަހިކޮށްފި
އެކުންފުނިން ބުނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މިގޮތުން، [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމް.ޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން އެމް.ޑީ ވަނީ އަރުވާފައެވެ.