Advertisement

އާބަންކޯ އާއި މާލޭ ސިޓީ ކައުންސިލް އަދި ފިނޭންސް މިނިސްޓްރީން އެއްބަސްވުމުގައި ސޮއެކުރުން ---

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ފަހުމުނާމާއެއްގައި ސޮއެކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް، ސިޓީ ކައުންސިގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މިއަދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (ފަހުމުނާމާ) އެއްގައި ސޮއެކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއެކޮށްފައި ވަނީ އެޗްޑީ ސީ އާއި މާލޭ ސިޓީ ކައުންސިލާއި ފިނޭންސް މިނިސްޓްރީގެ ފަރާތުންނެވެ. 

މާލޭ ސިޓީކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ އެންމެހައި ކަންކަން، މިހިނގާ ޖެނުއަރީ މަހުގެ 31 ގެ ކުރިން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން އެމަނިކުފާނު ނިންމަވާފައި ވަނީ، ހުޅުމާލޭގެ މުނިސިޕަލް ބިންތަކާއި ސާމާނާއި މެޝިނަރީޒް އަދި ހުރިހާ މުވައްޒަފުންވެސް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށެވެ. އަދި މުވައްޒަފުން ބަދަލު ކުރާއިރު ބަދަލުކުރާނީ، އާބަންކޯގައި މުވައްޒަފުން ތިބި އިރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް ކުޑަނުވާނޭ ގޮޮތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ 1 އިން ފެށިން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭގެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މިހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.