Advertisement

އާބަންކޯގެ މުވައްޒަފުން ކޮންސްޓްރަކްޝަން ސައިޓްތައް ޗެކް ކުރުން -- ފޮޓޯ: އާބަންކޯ

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

'ފައިލޭރިއާއިން ރައްކާ'ގެ ނަމުގައި އާބަންކޯގެ ކެމްޕޭނެއް ފަށައިފި

'ފައިލޭރިއާއިން ރައްކާ'ގެ ނަމުގައި ފައިލޭރިއާއިން ރައްކާތެރިކަން ހޯދުމުގެ ގޮތުން އާބަންކޯއިން ކެމްޕޭނެއްފަށައިފިއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެ 12 ޒޯނަކަށްބަލައި،  އެޒޯންތަކުގައި ދިރިއުޅޭ މީހުން، ސްކޫލް ކުދިން، ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެންމެން ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރާކާތެއް ފެށުމަށްވެސް ރާވާފައިވާ ކަމަށެވެ. އަދި  އަރބަންކޯގެ އެދުމަކީ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، އެންމެން އެކީގައި ގުޅިގެން މަސައްކަތް ކޮށް މަދިރި ފެތުރޭ ތަންތަން ނައްތާލުން ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެއިންވެސްގެ ކޭސްތަކެއް ފެނިފައިވާއިރު، ފައިލޭރިއާ އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް އަރބަންކޯއިން ދަނީ ތަފާތު މަސައްކަތްތައް ކުރަމުން ކަމުގައި އެކުންފުނިން ވަނީ ބުނެފައެެވެ.

އަރބަންކޯއިން ވަނީ މި މަހުގެ 22 ވަނަ ދުވަހު އެޗްޕީއޭ އަދި ދިވެހި ރެޑް ކްރެސެންޓް އާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލްތު ސްކީރިންންގް ކުރިއަށްގެންގޮސްފައި ވާއިރު ހުޅުމާލެއިން މިހާތަނަށް 5 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް 32 މީހަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.