Advertisement

ހުޅުމާލެ ފޭސް 3 ގެ ބިންހިއްކާ ސަރަހައްދު ---

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 3 ގެ ބިންހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ހުޅުމާލެ 03 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަފިޔަވަހީގެ މަސައްކަތް މިހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ ހުސްކުރަންޖެހޭ ސަރަހައްދަކީ އާއްމުކޮށްފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިނާއި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުކަމަށެވެ.

އަދި ނަގާ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައި ވާކަމަށާއި އެކަމާއިގުޅިގެން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށް އެދޭކަމުގައިވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

Advertisement

މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށާއި، އެމަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައި ކަމުގައިވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Jul 2024
ޚަބަރު
އެމްްއެމްޕީއާރްސީގެ ބޯޑަށް ދެބޭފުޅަކު ޢައްޔަނުކުރައްވައިފި
އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢަލަށް ޢައްޔަނުކުރެއްވި ދެބޭފުޅުންނަކީ، އއ. އުކުޅަސް، އައްސޭރި އަލްފާޟިލް ޢަބްދުއްސަމީޢު ޢިމާދު އާއި ދަފްތަރު ނަންބަރު 12480 އަލްފާޟިލާ ޢާއިޝަތު ޙަމީދު ކަމުގައި ޕީބީސީން ހާމަކޮށްފައިވެއެވެ. އެދެބޭފުޅުން އެމަޤާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެެ.
07 Jul 2024
ޚަބަރު
މިޔަރުގެ މަސްވެރިކަަމަށް ހުއްދަދިނުމަށް މަޝްވަރާއެއް ނުކުރޭ: ފިޝަރީޒް
އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު އޮފިސަރެއްގެ ގައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން މިދިޔަ މަހުގެ 2 ވަނަ ދުވަހު އޭނާ ނިޔާވެފައި ވާއިރު، އެ ހާދިސާ އާއި ގުޅިގެން، މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.
07 Jul 2024
ކޮޕާ އެމެރިކާ
އުރުގުއޭއިން ބްރެޒިލް ކަޓުވާލައި ސެމީގެ ޖާގަ ހޯދައިފި
ރެފްރީގެ ކަށިގަނޑުގެ ފުމުން ގިނަ މި މެޗުގައި ޖުމްލަ 41 ފައުލް ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ފައުލް ރެކޯޑު ކުރެވުނު މެޗު ވެސް މެއެވެ. މި މެޗުގައި އުރުގުއޭގެ ޑިފެންޑަރ ނަހިތާން ނަންޑޭޒަށް 74 ވަނަ މިނެޓުގައި ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ވެސް ފޮނުވާލާފައެވެ.
07 Jul 2024
ޚަބަރު
ޓްރާންސްފޯމަރެއް ހަލާކުކޮށްލައި ކޭބަލް ވަގަށް ނެގި މީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާާއިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަންގާރަދުވަހު ކުރި އެ ވައްކަމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ  ހުކުރު ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުދީފައިވާ ކަމަށެވެ.