Advertisement

ފޮޓޯ: އާބަންކޯ

05 Oct 2023
ޚަބަރު

ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

އާބަންކޯއިން ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހާބަރެކެވެ. މި ހާބަރަކީ އެކަށޭނަ ބޮޑުމިނެއްގެ ތަނަކަނުވުމުން، ހުޅުމާލެ ސައުތު ވެސްޓް ހާބަރުގައި ޤާއިމްކުރާ ޑިންގީ ހާބަރުގެ ސަބަބުން ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއުގެ ދަށުން ޑިންގީ ހާބަރަކާއި ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދު ފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ޤާއިމް ކުރެވޭނެ ކަމަށެވެ. މީގެ ތެރެއިން ޑިންގީ ހާބަރުގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގައިގެ އިތުރުން، ވިޔަފާރިތަކަށް ޚާއްސަ އިމާރާތެއް ހުންނާނެއެވެ. 

ސައުތް ވެސްޓް ހާބަރ ތަރައްގީކުރަނީ ވެހިކަލް ޕާކިން ޒޯނަކާވެސް އެކުގައިކަމުން، މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ. އެގޮތުން ކާރާއި ސައިކަލްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕާކިން ސްޕޭސް ގާއިމްކުރެވޭނެއެވެ.

އަދި ކޮމާޝަލް ޑިވެލޮޕްމެންޓަށް ތަފާތު ސްޕޭސްތައް ތަރައްގީ ކުރެވޭނެކަމަށްވެސް އާބަންކޯއިން ބުނެއެވެ. ހުޅުމާލެ ސައުތް ވެސްޓް ހާބަރ ތަރައްގީކުރަނީ ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދުފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދެވޭނެ ޚިދުމަތްތަކާވެސްއެކުއެވެ. މިއީ މެރީނާގެ މުވައްޒަފުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ގިނަ ތަޖުރިބާތަކެއް އެއްތަނަކުން ކޮށްލެވޭނެހެން ފަރުމާކުރެވިފައިވާ މަޝްރޫޢެއް ކަމަށް އާބަންކޯޢިން ހާމަކުރެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.