Advertisement

18 Sep 2023
ޚަބަރު

ތިލަފުށި ބިން ހިއްކުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ކ. ތިލަފުށިން ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެެ އަމަލީ މަސައްކަތް ފަށައިފި އެވެ. ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުއްޓަށް 117.73 ހެކްޓަަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުށީގެ މާސްޓާ ޕްލޭން ފަރުމާކޮށްފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ޕްލޭނުގެ ދަށުން އާބަންކޯ އިން ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކަން ރާވާފައިވަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ދެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެއީ އޭރިއާ "ސީ" އަދި "ޑީ" އެވެ.

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ހިއްކަން ނުފަށައި އޮތް ހަަތަރު ސަރަހައްދުގެވެސް އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ހިއްކަން ނުފަށައި ބާކީ އޮތް ހަތަރު ސަރަހައްދު 117.73 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 14 ސެޕްޓެމްބަރު 2023 ގައި ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. 

އެއީ އެރިއާ "އޭ" އިން 71.5 ހެކްޓަރުގެ ބިމާއި އޭރިއާ "ބީ" އިން 39.6 ހެކްޓަރުގެ ބިމާއި އޭރިއާ "އީ" އިން 5.9 ހެކްޓަރުގެ ބިމުގެ އިތުރުން އޭރިއާ "އެފް" އިން 0.73 ހެކްޓަރު ބިމެވެ. މި ހަތަރު ސަރަހައްދު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ އެވެ.

އާބަންކޯ އިން ބުނީ ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މާލެ ސަރަހައްދު ތަރައްގީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.