Advertisement

ފޮޓޯ: އާބަންކޯ

16 Nov 2023
ޚަބަރު

ހުޅުމާލޭ ފޭމަންޓް މަތީގައި ގޮނޑި ބަހައްޓައިގެން ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށް އަންގައިފި

ހުޅުމާލޭ މަގުތަކުގެ ޕޭމަންޓްމަތީގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭމަންޓް އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރަންޓް އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާއި ހިލާފަށް ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި އުސޫލުން ހިދުމަތްދެމުންދާކަމަށާއި، މިގޮތައް ޤަވައިދާ ހިލާފަށް ޕޭމަންޓް މަތީގައި ގޮނޑި ޖަހައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް ނެގުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.

މީގެއިތުރުންވެސް ހުޅުމާލެ ފޭސް2 ހިޔާ ފްލެޓް 12 ކައިރި ބީޗް ސަރަހައްދައްވާގޮތައް އޮންނަ ހުސްބުމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތިވެސް 25 ނޮވެމްބަރ ގެ ކުރިން ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ. 

މި މުއްދަތުގައި މިތަކެތި ނުނަގާނަމަ މިތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އާބަންކޯއިން ކުރާނެކަމަސްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.