ވިޔަފާރި
ވިޔަފާރި
29 Mar 2024
ވިޔަފާރި
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމެއައިޑީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. ބުރާސްފަތި ދުވަހު ސޮއިކުރި މި އެމްއޯޔޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ފެށުމެކެވެ.
20 Mar 2024
ޚަބަރު
ތިލަފުށި ފޭސް 2 އިން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލައިފި
އެޗްޑީސީން ވިދާޅުވީ، އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި (https://bids.hdc.mv/) ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވާކަމަށެވެ.
13 Mar 2024
ވިޔަފާރި
ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ވިޔަފާރި ހަބަކަށް ހެދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެސްޓީއޯއާ އެކު ކުރެވުނު މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.
10 Mar 2024
ވިޔަފާރި
އެސްޓީއޯއިން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފި
މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ ކިލޯއެއް 65ރ. އާއި 75ރ. އާއި ދެމެދުގެ އަގު ތަކެއްގައެވެ. މިއީ ނިމިދިޔަ ފެބުރުވަރީ މަހު ވެސް ލުބޯގެ އަގު އުޅުނު ވަރެވެ. ނަމަވެސް އެސްޓީއޯއިން ލުބޯ ރީޓެއިލްކޮށް ވިއްކަނީ ކިލޯއެއް 50ރ. އަށެވެ.
03 Mar 2024
ޚަބަރު
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ވަގުތުން ލިބޭގޮތައް ބަދަލުކޮށްފި
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެކަމަށް އެ ބޭންކުން ބުނެފިއެވެ. މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެކެވެ.
03 Mar 2024
ޚަބަރު
ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުންޏަކަށް ދިރާގު
މިއަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ. އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.
29 Feb 2024
ވިޔަފާރި
މޯލްޑިވިއަނުން އަލުން ލަންކާއަށް ދަތުރު ފަށަނީ
ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަލުން ސްރީލަންކާއަށް ދަތުރުފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލަންބޯއަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ.
29 Feb 2024
ޚަބަރު
ރޯދައަށް ގެނައި ފިޔާ، ބިސް އަދި އަލުވި ޝިޕްމަންޓް އެސްޓީއޯއިން ވިއްކަން ފަށައިފި
މިއަހަރުގެ ރަމަޞާންމަހު ފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ. ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ގެނެވި މާކެޓަށް ނެރެފައެވެ.
28 Feb 2024
ޚަބަރު
ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަނީ
ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުޞަތު ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށެވެ.
25 Feb 2024
ޚަބަރު
ބީއެމްއެލް ސްކޭން ޓު ޕޭ ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މޯބައިލް އެޕް ގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
25 Feb 2024
ވިޔަފާރި
ރަމަޟާންމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތު ހާމަކޮށްފި
މި އަހަރުގެ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށްކަމަށް އެ ބޭންކުން ބުނެފިއެވެ.
23 Feb 2024
ވިޔަފާރި
"އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ތައާރަފްކޮށްފި
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.
23 Feb 2024
ޚަބަރު
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޚާއްސަ ޕްލެޓްފޯމެއް ތައާރަފްކޮށްފި
މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް "މަހަ"ގެ ނަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން ޚާއްޞަ އީކޮމަރސް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީއެވެ.
23 Feb 2024
ޚަބަރު
އެސްޑީއެފްސީން އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ލޯނެއް ތައާރަފްކޮށްފި
އެސްޑީއެފްސީން ފަށާ މަދަދު ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ. އަދި ފަށާ މަދަދު ލީސިންގަށް އެދި ހުށައެޅުމަށް ހުޅުވާލެވިގެން ދާނީ މާރިޗު މަހުގެ ތެރޭގައި ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
22 Feb 2024
ޚަބަރު
ބީއެމްއެލްއިން ކ. ގުޅި އަދި ވ. ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް) ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.
22 Feb 2024
ޚަބަރު
ދަތިނުވެ ރާއްޖެއަށް ފިޔާ ލިބޭނެ - އެސްޓީއޯ
ކޮންމެ އަހަރެއްގެވެސް ރޯދަމަހު، ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އުފުލިގެންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ޚާއްޞަ ފިޔަވަޅުތަކެއް އަޅައެވެ. މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.