Advertisement

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ގޮފިތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފައިލްފޮޓޯ

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މެޑިކަލް ސްކޫލްގެ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނެރެލުމުން ދަރިވަރުންގެ ޔޫނިއަންއިން ކަންބޮޑުވުންފާޅުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުން، ދަރުމަވަންތަ ހޮސްޕިޓަލުން ނެރެ، އެޔުނިވަރސިޓީގެ މަިއ ކެމްޕަހަށް ބަދަލުކުރުމުން، އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމާއި ގުޅިގެން ދަރިވަރުންގެ ޔޫނިއަންއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެބަދަލާއި ގުޅިގެން ޔުނިވަސިޓީގައި ކިޔަވަމުންދާ 1000 ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ ކަމަށެވެ. ދަރިވަރުންގެ ޔޫނިއަންއިން ނެރުނު ނޫސްބަޔާނުގައި، ސްކޫލް އޮފް މެޑިސިންގައި 7 ބެޗެއްގައި 200 ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން މިގޮތަށް ކުރުމާއި ގުޅިގެން ޔުނިވަރސިޓީގެ މެނޭޖްމަންޓާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ބައްދަލުކޮށްފައިވާ ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވެސް ބައްދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަޝްވަރާގެ އުސޫލުން އެކަމަށް އެދެވޭ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް ދަރިވަރުންގެ ޔޫނިއަންއިން ބުނެފައިވެއެވެ.

އެޔޫނިއަންއިން ބުނީ، ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް ޚާއްޞަކޮށް އެޅުމަށް ހަމަޖެހިފައިވާ ޓީޗިން ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދައިދީ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ދަރިވަރުންގެ ފަރާތުން އެދޭކަމެއް ކަމަށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގައި ހިންގަމުން އައި ސްކޫލް އޮފް މެޑިސިން އެތަނުން ބަދަލުކުރަން ނިންމި އިރު، އެ ހޮސްޕިޓަލުގެ އިމާރާތުގައި، މެޑިސިންގ ސްކޫލް ހިންގަން ފެށީ، 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް އެތަން ހުސްކުރާ ސަބަބެއް އައިޖީއެމްއެޗްއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.