Advertisement

އިވާން ލެސްޓާ މެކްގިއާ ނެގި ވީޑިއޯގެ ސްކްރީން ޝޮޓް --

26 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ހަނދާން ނެތި ވައިކުޑަ ނުލައި 10 ހާސްފޫޓު މަތިން ފުންމާލި ކެމެރާމަން ވީ މަރު!

ސްކައި ޑައިވް ކުރުމަކީ މަޖާ ކުޅިވަރެއް ނަމަވެސް އެކުޅިވަރުގައި އެތައް ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. 

އިވާން ލެސްޓާ މެކްގިއާ އަކީ، ތަޖުރިބާކާރު ސްކައިޑައިވަރެކެވެ. 1988 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެހެން އިންސްޓްރަކްޓަރަކާއި ދަރިވަރެއް ހިމެނޭ ޓެންޑަމް ޖަމްޕެއް، ވީޑިއޯ ކުރުމަށް އިވާން ލެސްޓާވެސް އެމީހުންނާއި އެކު މަތިންދާ ބޯޓުން ފުންމާލީ އެތައް ހާސް ފޫޓެއްގެ މަތިންނެވެ. އެއީ އެދުވަހު އޭނާކުރި 3 ވަނަ ސްކައިޑައިވްއެވެ.

އެ އިންސްޓްރަކްޓަރާއި އޭނާގެ ދަރިވަރު، ތިރިއަށް އަންނަމުން ދިޔައިރު އެމަންޒަރު ރެކޯޑް ކުރަމުން ދިޔައީ، އިވާން ލެސްޓާއެވެ. ބޯޓުން ފުންމާލައިގެން އެތައްހާސް ފޫޓެއްގެ ތިރިއަށް ވެއްޓެމުން ދިޔައިރުވެސް އޭނާގެ އަތުގައި ވައިކުޑަ ނެތްކަން އޭނާއަކަށް ނޭނގެއެވެ.

ފުންމާލެވުނީ ވައިކުޑަ ނުލައިކަން އިވާންއަށް އެނގުނީ، އިންސްޓްރަކްޓަރު އޭނާގެ ޕެރަޝޫޓް ނުވަތަ ވައިކުޑަ ހުޅުވުމުންނެވެ. އޭނާ ރެކޯޑް ކުރި ވީޑިއޯގައި، އެންމެ ފަހު ޖުމްލައަކަށް އޭނާ ބުނާ އަޑު އިވެނީ، "އޯ މައިގޯޑް. ނޯ"އެވެ.

އެދުވަސްވަރަކީ، މިހާރު މިހުންނަ ކަހަލަ ކުދި އަދި ލުއި ކޮލިޓީ ކެމެރާތައް ހުރި ޒަމާނެއް ނޫނެވެ. އިވާން ލެސްޓާ އެމަންޒަރު ރިކޯޑް ކުރުމަށް ބަރު ކެމެރާ އާއި އެކު ފުންމާލުމުގެ ބޭނުމަކީ، ސްކައި ޑައިވްކުރަން ދަސްކޮށްދީ ކިޔަވައިދިނުމުގައި ބޭނުން ކުރާނޭ ވީޑިއޯއެއް ތައްޔާރު ކުރުމެވެ.

ސްކައިޑައިވަރުން ބޯޓު ދޫކޮށް ފުންމާލާއިރު އޭނާގެ އަތުގައި ވައިކުޑަ އޮތްކަން ޕައިލެޓް ކަށަވަރު ކުރަން ޖެހެއެވެ. އެހެން ނަމަވެސް އިވާންގެ ބެކްޕެކަކީ ވީޑިއޯ ރެކޯޑް އިކްއިޕްމެންޓް ބެކްޕެކް ކަމާއި، އެއީ ވައިކުޑަ ނޫންކަން ޕައިލެޓަށްވެސް ފާހަގަ ނުކުރެވި، އެންމެ ފަހުން ނިންމާފައި ވަނީ އެއީ އެކްސިޑެންޓެއް ކަމަށެވެ.

ވައިކުޑަ ނެތި އެހާމަތިން ފުންމާލުމުގެ ސަަބަބުން އިވާން ލެސްޓާ ބިމުގައި ޖެހި ވަގުތުން މަރުވިއެވެ. މިހާދިސާ ހިނގީ 2 އޭޕްރީލް 1988 ގައި އެމެރިކާގެ ނޯތުކރޮލައިނާގެ ފްރެންލިން ކައުންޓީ ސްޕޯޓްސް ޕެރަޝޫޓް ސެންޓަރުގެ މަތިންނެވެ. އޭނާ މަރުވިއިރު އޭގެ ކުރިން 800 ވުރެ ގިނަ ސްކައިޑައިވް ކާމިޔާބުކަމާއި އެކު ނިންމާލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.