ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
10 Aug 2024
ޚަބަރު
އިންޑިއާގެ އެގްޒިމްބޭންކްގެ އެހީގައި 28 ރަށެއްގައި ހިންގި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމި ދިވެހި ސަރުކާރާއި ހަވާލުކޮށްފި
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިންމައި އެމަޝްރޫޢުތައް ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ރަމްޒީލިޔުން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ހަވާލުކޮށްދެއްވީ، އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރެވެ.
09 Aug 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަނިވެސް 345 ސިޔާސީ މުވައްޒަފުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެއޮފީހުގެ ސިޔާސީ މަޤާމުތަކުގެ 345 މުވައްޒަފުން ތިބި އިރު އެމުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތަކަށް އެކަނިވެސް މަހެއްގެ މައްޗަށް 8.2 މިލިޔަން ރުފިޔާ ހޭދަވެއެވެ.
09 Aug 2024
ޚަބަރު
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާނެއެވެ. މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
08 Aug 2024
ޚަބަރު
ހޯމްލޭންޑު މިނިސްޓްރީގެ ދަށަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ބަދަލުކޮށްފި
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، 2024 އޮގަސްޓު 6ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
06 Aug 2024
ޚަބަރު
ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ޤައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ޤައުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Aug 2024
ޚަބަރު
އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކޮށްފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް ޢައްޔަނުކުރައްވައިފިއެވެ. ނިމާލްއަށް މަގާމުގެ ފައިކޮޅު އަރުއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
04 Aug 2024
ޚަބަރު
ޒުލްފާ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.
01 Aug 2024
ޚަބަރު
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
29 Jul 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޕެރިހުން އަނބުރާ ވަނޑައިގެންފި
ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއަޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފްރާންސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އަނބުރާ މާލެ ވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މާލެ ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ.
27 Jul 2024
ޚަބަރު
ރަސްމާލެ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް އަލުން ކުރިޔަށް ގެންދަނީ އެއްވެސް ބަޔަކަށް ހިލޭ ބިން ނުދީ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރަސްމާލެ މަޝްރޫއު، ކ. ފުށި ދިއްގަރުފަޅުގައި ހިންގުމަށް ނިންމައި އެފަޅު ހިއްކުމުގެ މަސައްކަތް، ޑިސެމްބަރު 18، 2023 ގައި ސަރުކާރުން ފެށީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ހުޅުމާލެއިން 10 ހެކްޓަރާއި، ފުށި ދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ދިނުމަށް އޭރު ސަރުކާރުން ނިންމިއެވެ.
27 Jul 2024
ޚަބަރު
އިންޑިއާގެ ޑޯނިއާ ފްލައިޓްގައި އަލުން ބަލިމީހުން އުފުލަން ފަށައިފި
މިކަން ހާމަކުރެއްވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ ފްލައިޓްގައި މިރޭ ބަލި މީހަކު ހަނިމާދޫން މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މި 8 މަސްދުވަހުގެ ތެރޭގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރި ފުރަތަމަ ފަހަރެވެ.
26 Jul 2024
ޚަބަރު
ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރައްވައި އިނާމްދެއްވައިފި
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.
25 Jul 2024
ޚަބަރު
މަގާމުން ބަދަލުކުރީ މާނިއުއަށް އެނގުމަކާ ނުލައި
މާނިއު ވިދާޅުވީ، އެބޭފުޅާއަށް އެއްވެސް އެންގުމެއް ނެތި ކޮމިޝަނާރ ޖެނެރަލްގެ މަގާމުން ބަދަލުކުރެއްވީތީ ހައިރާންވާކަމަށާއި، އެބޭފުޅާ އެ މަގާމުގައި ހުންނަވައިގެން ގެންދެވީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެގޮތުން ފާއިތުވި 15 އަހަރު ތެރޭގައި ނުކުރެވި ހުރި ބައިވަރު ކަންކަން ކޮށްފައިވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.
25 Jul 2024
ޚަބަރު
ޖަނާހުގެ ކުންފުނިން ދައުލަތަށް އެތައް މިލިއަނެއް ނުދައްކާ
ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ކޮންމެ މަހަކު ދައްކަންޖެހޭ ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ އަދަދު 100،000ރ. (އެއް ލައްކަ ރުފިޔާ) އަށް ވުރެން އިތުރުވާ ފަރާތްތަކުގެ ނަންތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ބުދަ ދުވަހު ގެޒެޓުކުރި އިރު، އެ ލިސްޓުގެ ހަތަރު ވަނައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި، މުޙައްމަދު ޢަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނިއްޖެއެވެ.
14 Jul 2024
ޚަބަރު
ރައީސް އާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
08 Jul 2024
ޚަބަރު
ރާއްޖެއަށް ހަތް ޤައުމަކުން ކަނޑައެޅި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކީންނެވެ.