ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
25 Sep 2024
ޚަބަރު
ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަންދިނުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވިދާޅުވީ ޤައުމަކުން އިންސާނީ ޙައްޤަކަށް އަރައިގަންނަ ކަމުގައި ވަނީނަމަ، އެކަން ތަޙައްމަލުކޮށްގެން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމަށެވެ.
24 Sep 2024
ޚަބަރު
ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއަރުވައި، ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ މަގު އިތުރަށް ފަހިވެއްޖެ : ރައީސް
އެމަނިކުފާނުނ މިހެން ވިދާޅުވީ، ސަމިޓް އޮފް ދަ ފިއުޗަރގައި، "ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްފަހުގައި އާއްމު ކުރެއްވި ބަޔާނުގައެވެ.
23 Sep 2024
ޚަބަރު
އެމެރިކާގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
23 Sep 2024
ޚަބަރު
މަލްޓިލެޓަރަލް ނިޒާމަކީ ޢަމަލީ ގޮތުން ބޭނުން ހިފޭ ނިޒާމަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
މިގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމެވެ. ދެވަނައަށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެއްވި އިރު، ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
22 Sep 2024
ޚަބަރު
ކުދި ޤައުމުތަކަށް ދަރަނި ލުއިކޮށްދޭން ރައީސް ގޮވާލައްވައިފި
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
22 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އދ، މައި ހެޑްކުއަރޓަޒް ހުންނަ އެމެރިކާގެ ސިޓީ ނިއުޔޯކަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނިއުޔޯކުން މަރުޚަބާ ވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ.
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
18 Sep 2024
ޚަބަރު
ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެ އެކުލަވާލަނީ
މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
18 Sep 2024
ޚަބަރު
ޕީޖީގެ މަޤާމަށް ޢައްބާސް ޢައްޔަނުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.
12 Sep 2024
ޚަބަރު
މިނިސްޓަރ އާދަމް ނަސީރާއި އެމިނިސްޓްރީގެ އެކްޓިން ޕީއެސްއާ ދެކޮޅަށް ޕެޓިޝަނެއް ހުށައަޅައިފި
މުވައްޒަފުން ހުށައަޅާފައިވާ ޕެޓިޝަނުގައި ވަނީ، މުވައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންކަން ބަހާއި އަމަލުން ކުރައްވާ ކަމުގެ ތުހުމަތު ތަކާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މުވައްޒަފުންލައްވައި، މަޤާމާއި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާގައި ނުހިމެނޭ ކަންކަން ކުރުވާ ކަމަށާއި، އަދި މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
10 Sep 2024
ޚަބަރު
ސަސްޕެންޝަނަށް 9 މަސް ފަހުން މަލްޝާ އާއި ޝިއުނާ މަޤާމުން އިސްތިއުފާދީފި
އެދެމީހުން މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވީނަމަވެސް 9 މަސް ދުވަސް ފަހުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. މަލްޝާ އާއި ޝިއުނާ މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ.
10 Sep 2024
ޚަބަރު
ސަބްސިޑީއަށް ގެންނަ ބަދަލުތައް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ!
ރާއްޖޭގައި މިހާރު ސަބްސިޑީ ދެވެމުން އަންނަ އުސޫލުތަކަކީ، އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑު ކަމެއް ކަމުގައިވާތީ، ސަބްސިޑީދޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަނީ ސަބްސިޑީދޭ އުސޫލުތައް ހަރުދަނާ ކުރުމަށް ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
09 Sep 2024
ޚަބަރު
ޖޯޖިއާ ސަފީރު އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޖޯޖިއާގެ އައު ސަފީރާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ‌‏ފަތުރުވެރިކަމުގެ ދާއިރާއިންނާއި ދެ ޤައުމުގެ އާންމު ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.
09 Sep 2024
ޚަބަރު
ޤަޠަރުގެ ސަފީރު އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
09 Sep 2024
ޚަބަރު
އެންމެ ބޮޑު ދަތިކަމަކީ މަޝްރޫޢުތަކަށް ފައިސާ ނުލިބުން: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ރާއްޖެއިން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި އެކު އެކަމަށް ހައްލު ހޯއްދެވުމަށް ކަމުގައިވެސް ފާހަގަކުރެއްވިއެެވެ.
08 Sep 2024
ޚަބަރު
ޖޭއެސްސީއަށް ފަރުހާދު އައްޔަނުކުރައްވައި ލިޔުން ހަވާލުކޮށްދެއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ފަރުހާދު ޢައްޔަނުކުރައްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.