ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
02 Nov 2024
ޚަބަރު
ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓް ކައުންސިލްތަކަށް ލިބޭނެ : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކަށްލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާ ކަމަށެވެ.
01 Nov 2024
ޚަބަރު
މިހާތަނަށް، 248 ސިޔާސީ މީހުން ވަކިކޮށްފި
ހީނާ މިހެން ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޢަމާޒަށް ވާޞިލް ނުވެވޭކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރަންފެށުމާއި އެކުގައެވެ.
31 Oct 2024
ޚަބަރު
ތަރައްޤީގެ މާސްޓަރ ޕްލޭން އިފްތިތާޙްކުރާ ރަސްމިއްޔާތަށް ޚަރަދު ކުރަނީ ދެލައްކަ ރުފިޔާއަށްވުރެވެސް މަދުން: ތަރުޖަމާނު
ހީނާ މިހެން ވިދާޅުވީ، އިޤުތިޞާދީ ގޮތުން ދަތި މިދަނޑިވަޅުގައި ސަރުކާރުންކުރާ އިސްރާފު ޚަރަދުތައް ބޮޑުކަން ހާމަކޮށް، ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ޚަބަރަކަށް ރައްދު ދެއްވައި ސޯޝަލްމީޑިއާގައި ލިޔުއްވި ޕޯސްޓްގައެވެ. ހީނާ ވިދާޅުވީ، އެއީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ.
31 Oct 2024
ޚަބަރު
ހައްޖަށާއި ޢުމްރާައަށް މީހުން ގެންދިޔުން، އެއީ ދަރުމަޔާ ސަވާބަށް އެދި ކުރާ ކަމެއްކަމުގައި ހެއްދެވުމަށް ނައިބު ރައީސް އެދިވަޑައިގެންފި
މިކޮންފަރެންސާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކޮންފަރަންސްގެ ނިންމުންތަކުގެ އަލީގައި، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ދާއިރާ ފުޅާވެ މުޅި ނިޒާމު ފުރިހަމަވެގެންދާނޭ ކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި ޙައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ، ޙައްޖު ފަންޑު ތަރައްޤީކޮށް ދިރުވުމަށް އައު ވިސްނުންތަކެއް ވިސްނައި، ޙައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ޙަޤީޤަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
31 Oct 2024
ޚަބަރު
ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ: ނައިބު ރައީސް
ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް އެމަނިކުފާނު ނޫސްވެރިންނަށް ގޮވާލެއްވިއެވެ.
28 Oct 2024
ޚަބަރު
ފަސްޓްލޭޑީ ޓެންޒޭނިއާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެކަމަނާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
20 Oct 2024
ޚަބަރު
އިންޑިއާގެ، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފްކުރުމަށް ކޮންސޯޓިއަމްއެއް ޤާއިމްކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެނިންމުން ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، އެމަޖިލީހުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތީންނެވެ. ވަޒީރުންގެ މަޖިލީހަށް އެކަން ހުށައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
20 Oct 2024
ޚަބަރު
ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
18 Oct 2024
ޚަބަރު
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ހިއްވަރު ދިނުމުގެ ގޮތުން ސަރުކާރުން އިނާމު ދެނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މީހުން ދުންފަތާއި ދުރު ކުރުމަށް، އެކަށައަޅާ މާސްޓަރ ޕްލޭންގައި، ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން މާސްޓަރ ޕްލޭންގައި ހިމެނުމަށް ވަނީ ނިންމާފައެވެ.
18 Oct 2024
ޚަބަރު
ދުންފަތް ކޮންޓްރޯލް ކުރުމަށް މާސްޓަރ ޕްލޭނެއް ހަދަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
18 Oct 2024
ޚަބަރު
އާޓިފިޝަލް އިންޓަލިޖެންސް ބޭނުން ކުރުމަށް ޤާނޫނެއް ހަދަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
15 Oct 2024
ޚަބަރު
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމައިފި
މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައި ވާކަމަށާއި، ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށްވެސް ވަނީ ނިންމާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
10 Oct 2024
ޚަބަރު
ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި އެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވާފައެވެ.
09 Oct 2024
ޚަބަރު
ސޮނާކްޝީ އަދި ޝިލްޕާ ޝެޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަނބި ކަނބަލުން ސާޖިދާ މުޙައްމަދު ބޮލީވުޑުގެ މަޝްހޫރު ބައެއް ތަރިންނާއި ބައްދަލުކުރައްވާފައި ވަނީ، އިއްޔެ މުމްބާއީގައި ކުރިޔަށް ގެންދިޔަ "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ހަރަކާތުގެ ތެރެއިންނެވެ.
08 Oct 2024
ޚަބަރު
ރައީސް ޑރ. މުއިއްޒު އިންޑިއާގެ ރައިސާ އާއި ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.
30 Sep 2024
ޚަބަރު
ފިނޭންސް މިނިސްޓަރ އިސްތިއުފާ ދެއްވައިފި
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކަށް ބަލާއިރު، ފާއިތުވި ދޮޅުމަސްދުވަހުގެ ތެރޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ޑރ. ޝަފީޤު ބައިވެރިވަޑައިނުގަންނަވާކަން ފާހަަގަ ވެފައިވެއެވެ. ސަރުކާރުގެ ފަރާތުން ރަސްމީ ޖަވާބެއް ނުލިބޭތީ، ޑރ. ޝަފީޤު އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.